May 4, 2026
Advertisement
ޑރ. ޖަމީލު ޕީއެންއެފް ޖަލްސާގައި
ޑރ. ޖަމީލު ޕީއެންއެފް ޖަލްސާގައި / ތޭރަ އޮންލައިން

ރައީސް ޔާމީނަށް ކުރީ ސިޔާސީ ދައުވާތަކެއް ކަމަށް ވިދާޅުވެ މިހާރު އެ މައްސަލަތައް ކުރިއަށް ގެންދަނީ ކީއްވެތޯ: ޑރ. ޖަމީލު

Mariyam Isaadha
މަރިޔަމް އިސާދާ
Jul 30, 2024, 05:19 PM
މާލެ ސިޓީ

ރައީސް އަބްދުﷲ ޔާމީނުގެ މައްޗަށް އެމްއެމްޕީއާރުސީގެ މައްސަލައިގައި ދައުލަތުން ކުރި ދައުވާތަކަކީ ސިޔާސީ ދައުވާތަކެއް ކަމަށް ރައީސް މުހައްމަދު މުއިއްޒު ވިދާޅުވެފައިވާއިރު، މިހާރު އެ މައްސަލަތައް ކުރިއަށް ގެންދާތީ ރައީސް ޔާމީންގެ ގާނޫނީ ވަކީލު ޑރ. މުހައްމަދު ޖަމީލު އަހުމަދު ފާޑުވިދާޅުވެއްޖެއެވެ.

Advertisement

ހޯމަ ދުވަހުގެރޭ ދަ ފްރޮންޓް އޮފީހުގައި ބޭއްވި ޖަލްސާގައި ވާހަކަ ދައްކަވަމުން ޑރ. ޖަމީލު ވިދާޅުވީ، ގާނޫނުއަސާސީގެ 115 ވަނަ މާއްދާއިން ރައީސްގެ މައްޗަށް ލާޒިމު ކުރާ ކަމެއް ކަމަށެވެ. އެހެންކަމުން ރައީސް ޔާމީނުގެ މައްޗަށް ކުރާ ދައުވާތަކަކީ ސިޔާސީ ދައުވާތަކެއްކަން ވަރަށް ސާފުކޮށް އެ މައްސަލައިގެ ޝަރީއަތްތަކުން އެނގި ހާމަވެފައިވާއިރު ރައީސް މުއިއްޒު ވެރިކަމަށް ވަޑައިގެން އެކަންކަން ނުހުއްޓުވިގެން އުޅެނީ ކީއްވެ ކަމާ މެދު ޑރ. ޖަމީލު ސުވާލު އުފެއްދެވިއެވެ.

މި މައްސަލައިގެ ވަށައިގެން ހުރި ހުރިހާ މައްސަލަތަކުގައި، މައްސަލަތައް ޕްރޮސެކިއުޓާ ޖެނެރަލް އަނބުރާ ގެންދެވި އިރުގައި ރައީސުލްޖުމްހޫރިއްޔާއަށް ކެރިވަޑައިގަންނަވާނެތޯއޭ މިއަދު ޕްރޮސެކިއުޓާ ޖެނެރަލްގެ މައްޗަށް އަމުރު ކުރައްވަން މަނިކުފާނު ހަމަހަމަކަމާއެކު މުއާމަލާތް ކުރައްވަން މި މައްސަލައިގެ ވަށައިގެން ހުރި އެއްޗެހިތައް އަނބުރާ ގެންދެވި ކަމަށް ވަންޏާމުން ކީއްވެހެއްޔޭ މި މައްސަލަ ކުރިއަށް ގެންދަވަނީ

ޑރ. ޖަމީލު

ޑރ. ޖަމީލު ވަނީ ރައީސް މުއިއްޒުގެ ބަހާ އަމަލާ ދިމާނުވާތީ ނުރުހުން ފާޅުކުރައްވާފައެވެ.

ކޮމެންޓު
Channel 13
Copyright © 2013-2026 Media Ring Pvt Ltd.
All rights reserved