މުޅި ރާއްޖެއަށް އަމާޒުކޮށްގެން މިސްކިތްތަކުގައި ހިލޭ ސާބަހަށް ގުރުއާން ކިލާސްތައް ހިންގަން ބޭނުންވާ އިމާމުންނާއި ގުރުއާން މުދައްރިސުންނަށް އެ ފުރުސަތު އިސްލާމިކް މިނިސްޓްރީން ހުޅުވާލައިފިއެވެ.
މިނިސްޓްރީން އާންމުކޮށްފައިވާ ޕޯސްޓެއްގައި މިކަމަށް ޝައުގުވެރިވެލައްވާ ފަރާތްތަކުން 2024 އޯގަސްޓް 15 ވާ ބްރާސްފަތި ދުވަހުގެ ކުރިން ފޯމު ހުށަހަޅަން ބުނެފައިވެއެވެ.
ފޯމުގެ ލިންކް މިނިސްޓްރީގެ ވެބްސައިޓުންނާއި، މިނިސްޓްރީން ކޮށްފައިވާ އިއުލާނުގައި ވާނެކަމަށް ފާހަގަކޮށްފައިވެއެވެ.
އިސްލާމިކް މިނިސްޓްރީން ޒުވާނުންނަށް އަމާޒުކޮށްގެން ޚަތީބުކަން ކުރުމުގެ ޕްރޮގްރާމްތަކާއި، އަޤީދާގެ މައްޗަށް ބިނާކޮށް މައުލޫމާތު ދިނުމުގެ ސެޝަންތައް މިހާރުވެސް ކުރިއަށް ގެންދަމުންދާ ކަން ފާހަގަކުރެވެއެވެ.