March 23, 2026
Advertisement
ރައީސް ޔާމީން، ޕީއެންއެފް ޖަލްސާގައި ވާހަކަފުޅު ދައްކަވަނީ
ރައީސް ޔާމީން، ޕީއެންއެފް ޖަލްސާގައި ވާހަކަފުޅު ދައްކަވަނީ / ތޭރަ އޮންލައިން

ރައީސް ޔާމީން ބައިވެރިވަޑައިގަންނަވާ ޚާއްސަ ޖަލްސާއެއް ދަ ފްރޮންޓު އޮފީހުގައި މާދަމާރޭ!

Mariyam Isaadha
މަރިޔަމް އިސާދާ
Jul 31, 2024, 09:58 PM
މާލެ ސިޓީ

ރައީސް އަބްދުﷲ ޔާމީން ބައިވެރިވަޑައިގަންނަވާ ޚާއްސަ ޖަލްސާއެއް ދަ ފްރޮންޓު އޮފީހުގައި މާދަމާރޭ އޮންނާނެ ކަމަށް ޕީޕަލްސް ނެޝަނަލް ފްރޮންޓް (ޕީއެންއެފް) އިން ހާމަކޮށްފިއެވެ.

Advertisement

ޕީއެންއެފުން ހާމަކޮށްފައިވާ ގޮތުގައި 1 އޮގަސްޓުވާ ބުރާސްފަތި ދުވަހުގެރޭ ބާއްވާ ޖަލްސާ އޮންނާނީ ހ. ދޫވެހި ފުރަތަމަ ފަންގިފިލާގައި ހުންނަ އެ ޕާޓީގެ އޮފީހުގައެވެ.

ޖަލްސާ ފެށޭނީ ރޭގަނޑު 8:45ގައި ކަމަށް އެ ޕާޓީއިން މައުލޫމާތު ދީފައިވެއެވެ.

މި ޖަލްސާގައި ރާާއްޖޭގައި ހުރި މައްސަލަތަކަށް ބަލާ ކަމުވޮށިގެންވާ ބޭފުޅުން ވާހަކަ ދައްކަވާނެ ކަމަށް ޕިއެންއެފުން ހާމަކޮށްފައިވެއެވެ.

ޕީއެންއެފްއިން ސިލްސިލާކޮށް ބާއްވަމުންދާ ޖަލްސާތަކުގައި ގައުމަށް ދިމާވެފައިވާ މައްސަލަތައް ފާހަގަކޮށް ސަރުކާރު ބާރުވެެރިކުރުވުމަށް މަސައްކަތް ކުރަމުންދާކަން ފާހަގަކުރެވެއެވެ. އަދި ރައްޔިތުންނަށް ދިމާވާ ގޮންޖެހުންތައް ފާހަގަކޮށް ސަރުކާރުން ހިންގަމުންދާ ނޭދެވޭ އަދި ނުރަނގަޅު ސިޔަަސަތުތައް ފާހަގަކޮށް ބިނާކުރަނިވި ފާޑުކިޔުންތައް ފާހަގަކުރެއެވެ.

މީގެ އިތުރުން، މި ޖަލްސާތަކަށް އާންމުންގެ ބޮޑު ތަރުހީބު ލިބެމުންދާކަންވެސް ފާހަގަކުރެވެއެވެ.

ކޮމެންޓު
Channel 13
Copyright © 2013-2026 Media Ring Pvt Ltd.
All rights reserved