March 19, 2026
Advertisement
ރައީސް ޔާމީން، ޕީއެންއެފް ޖަލްސާގައި ވާހަކަފުޅު ދައްކަވަނީ
ރައީސް ޔާމީން، ޕީއެންއެފް ޖަލްސާގައި ވާހަކަފުޅު ދައްކަވަނީ / ތޭރަ އޮންލައިން

ރައީސް އޮފީހުން ޖުޑިޝިއަރީއަށް ނުފޫޒު ފޯރުވިކަން ރައީސް މުއިއްޒުގެ ވާހަކަތަކުން ޔަގީންވޭ: ރައީސް ޔާމީން

Mariyam Isaadha
މަރިޔަމް އިސާދާ
Aug 1, 2024, 06:38 PM
މާލެ ސިޓީ

ނިމި ދިޔަ ސަރުކާރުގައި ރައީސް އޮފީހުން ޖުޑިޝިއަރީއަށް ނުފޫޒު ފޯރުވިކަން ރައީސް މުހައްމަދު މުއިއްޒުގެ ވާހަކަތަކުން ޔަގީންވެވަޑައިގަންނަވާ ކަމަށް ރައީސް އަބްދުﷲ ޔާމީން ވިދާޅުވެއްޖެއެވެ.

Advertisement

ރައީސް ޔާމީން މިފަދައިން ވިދާޅުވީ ހޯމަ ދުވަހުގެ ރޭ ދަ ފްރޮންޓް އޮފީހުގައި ބޭއްވި ޖަލްސާގައި ގާނޫނީ ވަކީލު އާދަމް އާސިފްއާ ކުރެއްވި ބައެއް ސުވާލުތަކުންގެ ތެރޭގައި ދެއްކެވި ވާހަކަފުޅުގައެވެ.

އެގޮތުން އެމްއެމްޕީއާރުސީގެ ޚިޔާނާތުގެ މައްސަލައާ ގުޅުވާ ނިމިދިޔަ ސަރުކާރުން އެމަނިކުފާނު ފްރޭމުކޮށް އުފުލި ދައުވާތަކުގެ ތެރެއިން އާރަށުގެ މައްސަލަ އަލުން ބެލިދާނެކަމަށް ހައިކޯޓުން ކުރި ހުކުމާ ގުޅިގެން މިހާރު އެ މައްސަލަ އަލުން ބަލަން ތައްޔާރުވެ ތާވަލްވެސްކޮށްފައިވުމުން ރައީސް ޔާމީން ވަނީ އެއީ މިސަރުކާރުގެ ވެސް ހެޔޮ ނިޔަތް ނެތްކަން ހާމަވާ ކަމެއް ކަމަށް ވިދާޅުވެފައެވެ.

މީގެ އިތުރުން ރައީސް މުއިއްޒު، އެމަނިކުފާނު ހުވާކުރެއްވި ވަގުތުން ފެށިގެން ރައީސް އޮފީހުން ޖުޑިޝިއަރީއަށް ނުފޫޒު ފޯރުވުން ނިމުމަކަށް އައީ ކަމަށް ވިދާޅުވި ނަމަވެސް އެކަން އަދިވެސް އޮތީ އެހެން ކަމަށާ އަދި ރައީސް މުއިއްޒުގެ އެ ވާހަކަތަކުން އިތުރަށް ޔަގީންވެވަޑައިގެންނެވި ކަމަކީ ކުރީ ސަރުކާރުންވެސް ރައީސް އޮފީސް މެދުވެރިކޮށް ފަނޑިޔާރުގެތަކަށް ނުފޫޒު ފޯރުވާފައިވާކަން ކަމަށްވެސް ރައީސް ޔާމީން ވިދާޅުވިއެވެ. އަދި އެއީ ބަލަން ޖެހޭ މައްސަލައެއް ކަމަށް ރައީސް ޔާމީން ވިދާޅުވިއެވެ.

ރައީސް އޮފީހުން ޖުޑިޝީއަރީއަށް މިހާ ހިސާބުން ނުފޫޒު ފޯރުވުން ހުއްޓުނީ ކަމަށް ރައީސް މުއިއްޒު ވިދާޅުވުމުން އެނގިގެން ދަނީ ކުރިން އެހެން އެކަން ކޮށްފައި އޮތްކަން.

ރައީސް ޔާމީން

ރައީސް ޔާމީން އިތުރަށް ވިދާޅުވީ ތިމަން މަނިކުފާނުގެ ސަރުކާރުގައި ކޮރަޕްޝަންގެ މައްސަލަތައް އެންމެ އިސްކަމެއްދެީގެން ބައްލަވާނެ ކަމަށް ރައީސް މުއިއްޒު ވިދާޅުވި ނަމަވެސް އެމްއެމްޕީއާރުސީގެ މައްސަލަ ބަލަން މިސަރުކާރަށްވެސް ނުކެރޭނެ ކަމަށާ އެއީ އެ މައްސަލައިގައި ހިމެނޭ އެންމެން މިހާރު ތިބީ ރައީސް މުއިއްޒުއާ އެންމެ އަރިސް މީހުންގެ ގޮތުގައި ކަމަށްވުމުން ކަމަށްވެސް ރައީސް ޔާމީން ވިދާޅުވިއެވެ.

ކޮމެންޓު
Channel 13
Copyright © 2013-2026 Media Ring Pvt Ltd.
All rights reserved