May 6, 2026
Advertisement
މަސް މާރުކޭޓު
މަސް މާރުކޭޓު / ޕީއެސްއެމް

މަސް މާރުކޭޓުން ކަރަންޓް ކަނޑާލާ ޖެއްސުން ކުރަނީ!

Aishath Naja
އައިޝަތު ނަޖާ
Aug 2, 2024, 02:22 AM
މާލެ ސިޓީ

މާލޭގެ މަސް މާރުކޭޓުން ކަރަންޓް ކަނޑާލިކަމަށް ބުނެ ގިނަ ފަރާތްތަކުން ޝަކުވާކުރަން ފަށައިފިއެވެ.

Advertisement

މީސްމީޑިޔާގައި އާންމުވެފައިވާ ވީޑިޔޯތަކުން ފެންނަ ގޮތުގައި މަސް މާރުކޭޓުން ކަރަންޓް ކަނޑާލާފައި ވުމުން އެ ތަނުގައި ބުރާސްފަތި ދުވަހު މަސް ކަނޑާ، މަހުގެ ވިޔަފާރި ކޮށްފައިވަނީ ކަނު އަނދިރީގައެވެ.

މަސް މާރުކޭޓުގައި މަސައްކަތް ކުރަމުން އަންނަ ފަރާތެއް ކަންބޮޑުވުން ފާޅުކޮށްފައިވާ ވީޑިޔޯ އެއް އެކްސްގައި އާންމު ވެފައިވާއިރު އެ ފަރާތުން ބުނެފައިވަނީ ސަރުކާރުން ޖެއްސުން ކުރަމުން އަންނަ ކަމަށެވެ.

ކަރަންޓް ނެތުމުގެ ސަބަބުން ވަރަށް ގިނަ ކަންކަން ކުރުމަށް ދަތިވާކަމަށެވެ.

އެގޮތުން މަސް ކެނޑުމަށް ދަތިވާ ކަމަށާއި އެތަން ސާފުތާހިރުކުރުމަށް ފެން ވެސް ނުލިބޭ ކަމަށް އެ ފަރާތުން ވަނީ ބުނެފައެވެ.

މިއީ ދުވަހަކުވެސް ހިނގާދިޔަ ކަމެއް ނޫންކަމަށް ވެސް އެ ފަރާތުން ވަނީ ބުނެފައެވެ.

ކޮމެންޓު
Channel 13
Copyright © 2013-2026 Media Ring Pvt Ltd.
All rights reserved