March 20, 2026
Advertisement
-
- / ތޭރަގްރެފިކްސް

ޕީއެންސީގެ ޗެއަރޕާސަންގެ ކޮއްކޮ އެ ޕާޓީއާ ދެކޮޅަށް ވާދަކުރަނީ، ބޭބެއަށް ލިބުނު ނާއިންސާފުގެ ބަދަލުގައިބާ؟

Feb 2, 2026, 09:44 PM
މާލެ ސިޓީ

ސަރުކާރު ހިންގާ މައި ޕާޓީ ޕީޕަލްސް ނެޝަނަލް ކޮންގްރެސް (ޕީއެންސީ)ގެ ޗެއަރޕާސަން އަދި ރައްޔިތުންގެ މަޖިލީހުގެ ރައީސް، އަބްދުއްރަހީމު އަބްދުﷲގެ ކޮއްކޮ އަބްދުލްކަރީމް އަބްދުﷲ އެ ޕާޓީއާ ދެކޮޅަށް، ލޯކަލް ކައުންސިލް އިންތިހާބުގައި ވާދަކުރަން ނިންމާ ފޯމު ހުށަހަޅާފައިވާކަން ހާމަވެއްޖެއެވެ.

Advertisement

އަބްދުލްރަހީމުގެ އެއްމާބަނޑު ކޮއްކޮ އަބްދުއްކަރީމުއާ ހަވާލާދީ "ދައުރު" ނޫހުގައި ރިޕޯޓުކޮށްފައިވާ ގޮތުގައި، އޭނާ އަންނަ ލޯކަލް ކައުންސިލްތަކުގެ އިންތިހާބުގައި ވާދަކުރާނީ، ލ. ފޮނަދޫ ކައުންސިލްގެ ރައީސްކަމަށް އަމިއްލަ ގޮތުންނެވެ.

އަބްދުލްކަރީމް ވިދާޅުވީ އާއިލާގެ ބައެއް މީހުން ޕީއެންސީގައި ތިބި ނަމަވެސް އޭނާއަކީ އެއްވެސް އިރެއްގައި ޕީއެންސީގެ މެންބަރެއް ނޫން ކަމަށާ މިނިވަން ކެންޑިޑޭޓެއްގެ ގޮތުގައި ވާދަކުރައްވަން ނިންމެވީ މިނިވަން ބޭފުޅެއްގެ ގޮތުގައި ރައްޔިތުންނަށް ހިދުމަތްކުރައްވަން ބޭނުންފުޅުވާތީ ކަމަށެވެ.

މި ނިންމުމަކީ ކި މީހަކަށް ނޫނީ ސިޔާސީ ޕާޓީއަކަށް އަމާޒުކޮށް އެ ބަޔަކު ހޮވުނަ ނުދިނުމަށް ނިންމި ނިންމުމެއް ވެސް ނޫން ކަމަށާ މިއީ އޭނާ ފަދަ މީހަކަށް ވެސް އެކަން ކުރެވިދާނެ ކަމުގެ ހިތްވަރު ހުންނާނެކަން ސާބިތުކޮށްދިނުމަށް ރައްޔިތުންގެ ތަރުހިވާއެކު ނިންމި ނިންމުމެއް ކަމަށްވެސް އޭނާ ވަނީ ބުނެފައެވެ.

އަބްދުލްކަރީމު އަކީ މިހާރު އެ ރަށުގެ މިސްކިތެއްގެ އިމާމެކެވެ. އުފެދުމުގައިވެސް ފެނުމުން މަހްރުމުވެފައިވީ ނމަވެސް އޭނާއަކީ ރާއްޖޭގެ ސިޔާސީ ކަންކަމުގައި އަބަދުވެސް ހަރަކާތްތެރިވާ މީހެކެވެ.

އަބްދުލްކަރީމު ފޮނަދޫ ކައުންސިލްގެ ރައީސް ކަމަށް އަމިއްލަ ގޮތުން ނުކުންނައިރު ޕީއެންސީގެ ޓިކެޓުގައި ވެސް ނުކުންނަނީ އާއިލީ ގުޅުން އޮންނަ މީހެކެވެ. އެއީ އަހުމަދު ރިޔާޒެވެ. ރިޔާޒަކީ މިހާރުވެސ ްއެ ކައުންސިލްގެ ރައީސެވެ.

އަބްދުލްކަރީމު މިފަދަ ނިންމުމެއް ނިންމާފައި މިވަނީ، ރައީސް މުހައްމަދު މުއިއްޒަށް ޕީއެންސީގެ ރިޔާސީ ޓިކެޓު ލިބުނު އިރުން ފެށިގެން ވެރިކަން ލިބިވަޑައިގެން، މަޖިލީހުގެ އިންތިހާބަށް ނުކުންނެވި އިރު ވެސް އެ މަނިކުފާނުގެ އެންމެ އަރިހުގައި ހުންނެވީ އަބްދުލްރަހީމު ފެއަށް ޖައްސާ ވަރަށް ބޮޑަށް ބާކީ ކޮށްފައި ހުރި ދުވަސްވަރެއްގައި ކަން ފާހަގަކޮށްލެވެއެވެ.

ކޮމެންޓު
Channel 13
Copyright © 2013-2026 Media Ring Pvt Ltd.
All rights reserved