March 1, 2026
Advertisement
ބޮޑު ފިކުރު ދައްކާލަން ބޭއްވި ޖަލްސާގައި ޗެއަރ ތޯލާ ފުޅިއަށް!
ބޮޑު ފިކުރު ދައްކާލަން ބޭއްވި ޖަލްސާގައި ޗެއަރ ތޯލާ ފުޅިއަށް! / އެޑިޝަން.އެމްވީ

ބޮޑު ފިކުރު ދައްކާލަން ބޭއްވި ޖަލްސާގައި ޗެއަރ ތޯލާ ފުޅިއަށް!

Nov 15, 2025, 04:17 AM
މާލެ ސިޓީ

ޕީވީސީ ޕާޓީއިން ބޮޑު ފިކުރު ދައްކާލަން ކަމަށް ބުނެ ބޭއްވި ޖަލްސާގައި އެ ޕާޓީ މިއަދާ ހަމައަށް ގެނެސްދިނުމަށް ބުރަ މަސައްކަތްތަކެއް ކުރި ޕާޓީގެ ޗެއަރޕާސަން އަދި މަޖިލީހުގެ ރައީސް، އަބދުްރަހީމު އަބްދުﷲއަށް ވާހަކަ ދައްކަން ފުރުސަތު ނުދީ ބާކީކޮށްލައިފިއެވެ.

Advertisement

މައުލޫމާތު ލިބިފައިވާ ގޮތުގައި މިވަރުގެ ބޮޑު ޖަލްސާއެއްގައި ވާހަކަ ދައްކަން އަދުރޭ ފުރުސަތަކަށްވެސް އެދުނެވެ. ނަމަވެސް ޕާޓީގެ ރައީސް، ރައީސް މުހައްމަދު މުއިއްޒުގެ ސީދާ އެންގެވުމަށް އެ ފުރުސަތު އަދުރޭއަށް ނުދޭން ނިންމާ ފުރުސަތު ދިނީ މަޖިލީހުގެ ޕީއެންސީގެ ޕީޖީ ލީޑަރު އިބްރާހިމު ފަލާހުއަށެވެ.

ހައިސިއްޔަތުގެ ގޮތުން ބަލާނަމަވެސް ފަލާހުއަށް ވުރެ އަދުރޭ އިސްވާނެއިރު ރައީސް މުއިއްޒުއާ ޕީއެންސީއިން މިރޭގެ ޖަލްސާގައި އަދުރޭއަށް ވާހަކަ ދައްކަން ފުރުސަތު ނުދިން ސަބަބު ސާފުވާ ގޮތް ވަނީ ނުވެފައެވެ.

ނަމަވެސް މިކަން މިފަދައިން ހިނގާފައި މިވަނީ ޕީއެންސީގެ ހަރުގެ ޖަލްސާތަކުގައިވެސް ވާހަކަ ދެއްކުމުގެ ފުރުސަތު އަދުރޭއަށް ނުދީ ކުރިއަށް ގެންދާތާ ދުވަސްތަކެއް ވެފައިވަނިކޮށްކަން ފާހަގަކޮށްލެވެއެވެ.

އަދުރޭއާ ރައީސް މުއިއްޒުއާ ދެމެދު ދާދި ފަހުން ގުޅުން ވަރަށް ބޮޑަށް ހީނަރުވެގެން ދިޔައެވެ. އަދުރޭގެ ދަރި އިބްރާހިމު ފައިސަލް މަގާމުން ދުރު ކުރުމާއެކު އަދުރޭ ވަނީ އޭނާގެ ޖަޒްބާތު ބަންޑުން ޖަހާލާފައެވެ. އޭނާ ބުނި ގޮތުގައި ރައީސް މުއިއްޒާއާ އޭނާއާ ގުޅުން ރަގަޅު ނަމަ އެކަން އެގޮތަށް ކުރުމުގެ ކުރިން މަޝްވަރާ ކުރާނެ ކަމަށާ އެކަން އެގޮތަށް ކުރުމުން ގުޅުން ރަގަޅު ނޫންކަން ހާމަވެއްޖެ ކަމަށެވެ.

އަދުރޭގެ އެވާހަކަތަކަށް ފަހު އޭނާ ޕާޓީއިންވެސް އެކަހެރިކޮށް މަގާމުގެ މަސްއޫލިއްޔަތުތަކުންވެސް ދުރުކޮށްފައި ބެހެއްޓިއެވެ. އަދި ޕާޓީގެ ޖަލްސާތަކުން ވެސް އެނާ ފެންނަން ފެށީ ދާދި ފަހުްނކަން ވެސް ފާހަގަކޮށްލެވެއެވެ.

ކޮމެންޓު
Channel 13
Copyright © 2013-2026 Media Ring Pvt Ltd.
All rights reserved