March 13, 2026
Advertisement
އިންޓަ ޕަރްލިއަމެންޓަރީ ސްޕީކާސް ކޮންފެރެންސް 2025
އިންޓަ ޕަރްލިއަމެންޓަރީ ސްޕީކާސް ކޮންފެރެންސް 2025 / ގޫގުލް

ޓެރަރިޒަމްއާއި ސައިބާ ކްރައިމް ހުއްޓާލުމުގެ މަސައްކަތް ކުރަން އަދުރޭ ގޮވާލާއިރު، ކޮރަޕްޝަން ނުފެނޭ

Faina Faiz
ފައިނާ ފާއިޒް
Nov 13, 2025, 12:14 AM
މާލެ ސިޓީ

ޓެރަރިޒަމް އަދި ޗައިބާ ކްރައިމްތަކުން ސަލާމަތްވުމަށް އެކި ގައުމުތަކުގެ ގާނޫނު ހަދާ މަޖިލިސްތަކުން ގުޅިގެން މަސައްކަތް ކުރުމަށް ގޮވާލައްވައިފިއެވެ.

Advertisement

ޕާކިސްތާނުގެ ވެރިރަށް އިސްލާމް އާބާދުގައި ކުރިއަށްދާ އިންޓަ ޕާލަމެންޓްރީ ސްޕީކާސް ކޮންފަރެންސްގައި ތަގުރީރި ދެއްވަމުން އަދުރޭ ވިދާޅުވީ އަމާން ކަމާއި ތަަރައްގީއަކީ މިޒަމާނުގައި ވަކި ނުކުރެވޭނެ ދެކަންތައްކަމަށެވެ.

އަދުރޭ މިފަދައިން ވިދާޅުވެފައިވާއިރު އޭނާ ގެންދަވަނީ އޭނާ އަމިއްލައަށް ބައިވެރިވާ ކޮރަޕްޝަންގެ އަމަލުތަކަށް ބީރު ކަންފަތެއް ދެމުންނެވެ. ލޮލަށް އެ އަމަލުތައް ނުފެންނަ ފަދައެވެ.

ކޮރަޕްޝަންގެ އަމަލުތައް މެދުވެރިކޮށް އަމިއްލަ އާއިލާއަށް ގާބިލިއްޔަތެއް ނެތް މިންވަރުން ބޮޑެތި ސިޔާސީ މަގާމުތައް ހޯއްދަވާދެއްވާއިރު މިފަދަ މަގާމުތަކަށް މާ ގާބިލު ރައްޔިތުން ތިބިކަމަށްވެސް އަދުރޭ ފަދަ ބޭފުޅުން ދެއްވަނީ ބީރު ކަންފަތެކެވެ.

އާރާއި ބާރުގެ ބޭނުން ކުރައްވައިގެން ގައުމު ތަމްސީލުކޮށްދެވަން އެމަނިކުފާނުގެ ދަރިކަލުން އަދި ކުރީގެ ޓޫރިޒަމް މިނިސްޓަރު އިބްރާހީމް ފައިސަލް ދެއްވި ތަގުރީރަށް ބީރު ކަންފަތެއް ދިން ފަދައިންނެވެ.

އޭރު އެކަމާ ގުޅިގެން ހަނު ހުންނެވުމަށް ފަހުގައި މިއަދު އަނބިކަނބަލުންނަށް ގޯތި ލިބިވަޑައިގަތުމުން އަދުރޭ އަނެއްކާވެސް ފެންނަނީ އަޑުން އަޑު ނަންގަވާ ސަރުކާރަށް ސަނާ ކިޔުއްވަމުން އަންނަ މަންޒަރެވެ.

ކޮމެންޓު
Channel 13
Copyright © 2013-2026 Media Ring Pvt Ltd.
All rights reserved