April 17, 2026
Advertisement
މަލީހް ޖަމާލް
މަލީހް ޖަމާލް / ތޭރަ އޮންލައިން

ރައީސް މުއިއްޒު މިނިވަން ދުވަހު ދެއްވި ހިތާބަކީ ފެންވަރު ދަށް ހިތާބެއް، މިހާތަނަށް ރައީސަކު މިހާ އޮއްޓަރެއް ނެތް ހިތާބެއް ނުދެއްވާ: މަލީހް

Aishath Naja
އައިޝަތު ނަޖާ
Aug 2, 2024, 03:06 AM
މާލެ ސިޓީ

59 ވަނަ މިނިވަން ދުވަހުގެ އަދުގެ ރައީސް ޑރ މުހައްމަދު މުއިއްޒު ދެއްވި ހިތާބަށް ޕީއެންއެފްގެ ސެކެޓްރީ ޖެނެރަލް މުހައްމަދު މަލީހް ޖަމާލް ފާޑު ވިދާޅުވެއްޖެއެވެ.

Advertisement

މަލީހް މިފަދައިން ވިދާޅުވީ ދަ ފްރޮންޓް އޮފީހުގައި ބުރާސްފަތި ދުވަހުގެ ރޭ ކުރިޔަށް ދިޔަ ޖަލްސާގައި ވާހަކަފުޅު ދައްކަވަމުންނެވެ.

އެގޮތުން މަލީހް ވިދާޅުވީ ރައީސް މުއިއްޒު މިނިވަން ދުވަހުގެ ހިތާބުގައި ދެއްކެވި ވާހަކަފުޅު އެއްކޮޅުން އަނެއްކޮޅަށް އަޑުއެއްސެވި ކަމަށެވެ.

ރައީސް މުއިއްޒުގެ ވާހަކަފުޅު އަޑު އައްސަވާފައި މަލީހް ވިދާޅުވީ އެ ހިތާބަކީ މިހާތަނަށް ދިވެހިރާއްޖޭގެ ރައީސަކު މިނިވަން ދުވަހު ދެއްވި އެންމެ ފެންވަރު ދަށް، އޭގައި އެއްވެސް އޮއްޓަރެއް ނެތް ހިތާބެއް ކަމަށެވެ.

އެއީ މިހާތަނަށް ދިވެހިރާއްޖޭގެ ރައީސަކު ދެއްކެވި އެއްވެސް ތާކުން ތާކުން ނުޖެހޭ، ދެކޮޅު ނުޖެހޭ އޮއްޓަރެއް ނެތް، އެންމެ ފެންވަރު ދަށް ހިތާބު. އެއީ މިނިވަން ދުވަހާ ގުޅޭ ހިތާބެއް ވެސް ނޫން.

މަލީހް ވިދާޅުވިއެވެ.

މަލީހް ވިދާޅުވީ އެ ހިތާބަކީ މިނިވަން ދުވަހާ އެއްވެސް ވަރަކަށް ގުޅޭ ހިތާބެއް ނޫންކަމަށެވެ.

ކޮމެންޓު
Channel 13
Copyright © 2013-2026 Media Ring Pvt Ltd.
All rights reserved