March 10, 2026
Advertisement
ޑރ ޖަމީލް
ޑރ ޖަމީލް / ތޭރަ އޮންލައިން

ޖަމީލް ސައީދަށް: އިޤްތިސާދީ ޑިސްޓްރެސް ދަނޑިވަޅެއްގައި މަޝްރޫއުތައް ބަދަލުކުރުމުން ހާލަތު ރަނގަޅުވަނީތޯ؟

Aminath Zara
އައިމިނަތު ޒާރާ
Aug 2, 2024, 03:36 PM
މާލެ ސިޓީ

ރާއްޖޭގެ އިޤްތިސާދީ ހާލަތު ހީނަރުވެފައިވާ މިފަދަ ދަނޑިވަޅެއްގައި މިހާރު ކުރިއަށް ހިނގަމުންދާ މަޝްރޫއުތަކަށް ބޮޑެތި ބަދަލުތައް ގެނައުމަކީ މި ހާލަތުން އަރައިގަތުމަށް ފެނިވަޑައިގަންނަވާ ގޮތްތޯ ކުރީގެ ނައިބު ރައީސް ޑރ ޖަމީލް އަހްމަދު މިހާރުގެ އިކޮނޮމިކް މިނިސްޓަރ މުހައްމަދު ސައީދުއާއި ސުވާލުކޮށްފިއެވެ.

Advertisement

ޕީއެންއެފްއިން ބްރާސްފަތި ދުވަހުގެ ރޭ ބޭއްވި ފްރޮންޓް އޮފީސް ޖަލްސާގައި ވާހަކަދައްކަވަމުން ޖަމީލް ވިދާޅުވީ މިހާރު ކުރިއަށްދާ މަޝްރޫއުތަކުގެ ތެރޭގައި ހިމެނޭ ސީޕްލޭން ޓާމިނަލްގެ މަސައްކަތާއި، ފުނަދޫ ތެޔޮ ޓޭންކް ޕްރޮޖެކްޓާއި އަދި އެއްވެސް މައްސަަލައެއް ދިމާނުވެ ހުރި އެއް ނަންބަރު ޖެޓީ ރެނޮވޭޓް ކުރުމަށް މަސައްކަތްތަކަކީ އިގްތިސާދު ރަނގަޅުވެގެން ކުރާ މަސައްކަތްތޯ ނުވަތަ މިފަދަ މަސައްކަތް ކުރުމުން ގައުމުގެ ހާލަތު ބަދަލުވަނީތޯ ޖަމީލް ވަނީ ސުވާލު އުފައްދާފައެވެ.

އަދި ރައްޔިތުންގެ މަޖިލީހަކީ ގައުމެއްގެ އެންމެ މަތީ ފަނޑި ކަމަށްވާއިރު ރާއްޖޭގެ މަޖިލީހުން ފެނިގެންދަނީ މިހާތަނަށް ނުދެކޭވަރުގެ ނިކަމެތިކަމެއް ކަމަށް ޖަމީލް ސިފަކުރެއްވިއެވެ.

މިއާއިއެކު އައިއެމްއެފް އިން ރާއްޖޭގެ އެސްއޯއީތައް ރީފޯމް ކުރުމަށާއި ރިކަރަންޓް ޚަރަދުތައް ކުޑަކުރުމަށް އަންގާފައިވާ އިރުވެސް އިކޮނޮމިކް މިނިސްޓަރ ޕޯޑިއަމްތަކަށް އަރާ ބޮޑެތި މަޝްރޫއުތަކުގެ ވާހަކަދައްކާ ހިސާބުތައް ޖަހަމުން ގެންދާތީ ޖަމީލު ވަނީ ފާޑުވިދާޅުވެފައެެވެ.

މީގެ އިތުރުން، ސަރުކާރު ބާރުވެރިކުރުމަށް ރައީސް ޔާމީން ބައިވެރިވެ ވަޑައިގެން ގައުމުގެ އިގްތިސާދީ ހާލަތު ވަރަށް ތިލަކޮށް އާންމުންނަށް ހާމަކޮށްދެއްވަމުންދާތީ ގިނަ ބަޔަކު ޝުކުރުވެރިވާ ކަމަށް ޖަމީލް ފާހަގަކުރެއްވިއެވެ.

ކޮމެންޓު
Channel 13
Copyright © 2013-2026 Media Ring Pvt Ltd.
All rights reserved