މިނިސްޓަރުގެ އިސްތިއުފާއަށް ގޮވާލާ މުޒާހަރާ ކުރުމުގެ ތެރެއިން / ސޯޝަލް މީޑިއާ
ސިޔާސީ
މިނިސްޓަރ އަމީންގެ އިސްތިއުފާ އަށް ގޮވާ މުޒާހަރާ ކޮށްފި
Aishath Naja
އައިޝަތު ނަޖާ
02 އޯގަސްޓު 2024
މާލެ ސިޓީ

ޓްރާންސްޕޯޓް މިނިސްޓަރ މުހައްމަދު އަމީންގެ އިސްތިއުފާ އަށް ގޮވާލާ މުޒާހަރާ ކޮށްފިއެވެ.

މާލޭގެ މަގުތަކުން ގިނަ އަދަދެއްގެ ވެހިކަލް ޓޯ ކުރަމުންދާ މައްސަލައިގައި ކުރިޔަށް ދިޔަ މުޒާހަރާ މުޒާހަރާ ކުރިޔަށް ގެންގޮސްފައި ވަނީ ޒުވާނުންގެ ފަރާތުންނެވެ.

އެގޮތުން ތޭރަ އޮންލައިން އަށް މައުލޫމާތު ދިން މުޒާހަރާގެ ބައިވެރި އެެއް ބުނީ ސަރުކާރުން ވެހިކަލްތައް ޓޯ ކުރުމަންދަނީ އެތަކެއްޗަށް ގެއްލުންވާ ގޮތައް އެތަކެތި ނެގުމަށް ފުރުސަތެއް ނުދީ ކަމަށެވެ.

ބައެއް ވެހިކަލްތައް ޓޯ ކުރަނީ ޕާކިންގ ގައި ހުއްޓާ އެއްވެސް އެންގުމަކާ ނުލައި ކަމަށާއި ވެހިކަލްތައް ޓޯ ކުރާ އިރު އެތަކެއްޗަށް ވަރަށް ބޮޑަށް ގެއްލުންވެ ހަލާކު ވެފައި ހުންނަ ކަމަށް ވެސް މުޒާހަރާގެ ބައިވެރިން ވަނީ ބުނެފައެވެ.

މުޒާހަރާގެ ބައިވެރިން ވަނީ މިނިސްޓާރ އަމީނަށް މިކަން ނުވި ކަމަށާއި އެހެންކަމުން ދެން ބުއްދިވެރި ވާނީ އިސްތިއުފާ ދިނުން ކަމަށް ވެސް ގޮވާލާފައެވެ.

ހިޔާލު ފާޅުކުރުމަށް ސަރުކާރުން ފުރުސަތު ދޭނެ ކަމަށް ބުނި ނަމަވެސް ފެނިގެންދިޔައީ ސަރުކާރުން މުޒާހަރާއަށް ފުލުހުން ފޮނުވައިގެން ހުރަސް އަޅަމުންދިޔަ މަންޒަރެވެ.

ކޮމެންޓު
Copyright © 2013-2025 Media Ring Pvt Ltd.
All rights reserved