theyra online
ހަބަރު
ސިޔާސީ
ވިޔަފާރި
ދުނިޔެ
ރިޕޯޓު
ވީޑިއޯ
ފޮޓޯ
Theme
Copyright © 2013-2025 Media Ring Pvt Ltd.
All rights reserved
މާލޭގެ މަގެއް / އައްޑޫ ލައިވް
ހަބަރު
ޖުލައި 26 ގައި، މެންދުރު ފަހު 3:00 އިން އިރުއޮއްސި 6:30އަށް މާލޭގައި ވެހިކަލް ދުއްވުން މަނާ!
Mariyam Isaadha
މަރިޔަމް އިސާދާ
24 ޖުލައި 2025
މާލެ ސިޓީ

މިނިވަން ދުވަހުގެ ހަވީރު 3:00 އިން 6:30 އަށް މާލޭގައި ވެހިކަލް ދުއްވުން މަނާކޮށްފި އެވެ.

މިނިސްޓްރީ އޮފް ޓްރާންސްޕޯޓް އެންޑް ސިވިލްއޭވިއޭޝަނުން ބުނީ ރާއްޖޭގެ 60 ވަނަ މިނިވަންދުވަހާ ގުޅިގެން 2025 ޖުލައި 25، 26 އަދި 27 ގައި ގިނަ ހަރަކާތްތަކެއް ގްރޭޓާ މާލެ ސަރަހައްދުގައި ބޭއްވުމަށް ސަރުކާރުން ނިންމާފައިވާކަމަށެވެ.

އެހެންކަމުން މަގުމަތީގެ ސަލާމަތާ ރައްކާތެރިކަން ކަށަވަރު ކުރުމަށާއި މަގުމަތީގެ ތޮއްޖެހުން ކުޑަކުރުމަށާއި އަދި ސެކިއުރިޓީ މަސައްކަތަށް ފަސޭހަކުރުމަށް ވަކި ވަގުތުތަކެއްގައި މާލޭގެ މަގުތަކުގައި އުޅަނދުތައް ދުއްވުން މަނާ ވަގުތެއްކަމުގައި ކަނޑައަޅާފައިވާ ކަމަށް ޓްރާންސްޕޯޓުން ވަނީ ހާމަކޮށްފައެވެ.

އެ ގޮތުން މިނިވަން ދުވަހު (ޖުލައި 26)ގައި މާލޭގައި ވަކި ވަގުތުތަކެއްގައި ހުރިހާ ބާވަތެއްގެ ވެހިކަލް ދުއްވުން ވަނީ މަނާކޮށްފައެވެ. އެ ގޮތުން އެ ދުވަހުގެ ހަވީރު 3:00 އިން 6:30 އަށް މާލޭގައި ވެހިކަލް ދުއްވުން ވަނީ މަނާކޮށްފައެވެ.

މީގެ އިތުރުން މި މަހުގެ 25 ވަނަ ދުވަހާއި 27 ވަނަ ދުވަހު ވެސް ވަކި ވަގުތުތަކެއްގައި ވަކި ބާވަތެއްގެ ވެހިކަލް ދުއްވުން ވަނީ މަނާކޮށްފައެވެ.

އެ މިނިސްޓްރީން ވަނީ މި ވަގުތުތަކުގައި އެއްގަމުގައި ދުއްވާ އިންޖީނުލީ އުޅަނދުތަކުގެ ތެރެއިން ސަލާމަތީ ބާރުތަކުން ބޭނުންކުރާ އިންޖީނުލީ އެއްގަމު އުޅަނދާއި އެމްބިއުލެންސް ޕަބްލިކް ޓްރާންސްޕޯޓްގެ ގޮތުގައި ދެމުންގެންދާ ބަހުގެ ހިދުމަތަށް ބޭނުންކުރާ އުޅަނދުތައް ފިޔަވައި އެހެނިހެން އުޅަނދު މާލޭގެ މަގުތަކުގައި ދުއްވުން މަނާ ކަމުގައި ބުނެފަ އެވެ.

އެންގުމާއި ހިލާފުވާނަމަ ފިޔަވަޅު އަޅާނެ ކަމަށް ވެސް އަންގާފައިވެއެވެ.

ކޮމެންޓު
Copyright © 2013-2025 Media Ring Pvt Ltd.
All rights reserved
Zakiyya, vee kihineh?