May 1, 2026
Advertisement
ޑރ ޖަމީލް
ޑރ ޖަމީލް / ތޭރަ އޮންލައިން

ޒިންމާދާރު ސަރުކާރެއްނަމަ ހަފްތާއަކު 2 ދުވަހު ގަރުދިޔަ ޖަގަހަ ނުހިންގާނެ: ޑރ ޖަމީލް

Aminath Zara
އައިމިނަތު ޒާރާ
Aug 3, 2024, 12:15 AM
މާލެ ސިޓީ

ދިވެހިރާއްޖޭގައި މިހާރު އޮތީ ޒިންމާދާރު، ވެރިކަން ކުރަން އެގޭ ސަރުކާރެއް ނަމަ ހަފްތާއަކު 2 ދުވަހު ގަރުދިޔަ ޖަގަހަ ހިންގުން ނޫން ކުރަންޖެހޭ އެހެނިހެން ބޮޑެތި ކަންކަން ހުންނަވާނެ ކަމަށް ކުރީގެ ނައިބު ރައީސް ޑރ މުހައްމަަދު ޖަމީލް އަހުމަދު ވިދާޅުވެއްޖެއެވެ.

Advertisement

ޖަމީލް މިހެން ވިދާޅުވީ ޕީއެންއެފް އިން ބުރާސްފަތި ދުވަހުގެ ރޭ ބޭއްވި ފްރޮންޓް އޮފީސް ޖަލްސާގައި ވާހަކަދައްކަވަމުންނެވެ.

ޖަމީލް އިތުރަށް ވިދާޅުވީ ހަފްތާއަކު ދެ ދުވަހު ޕޯޑިއަމްތަކަށް އަރާ ޖަގަހަތައް ހިންގުމުން ދޭހަ ވަނީ ސަރުކާރަށް ވަރަށް ވަގުތު ގިނަވެގެން އުޅޭ މަންޒަރު ކަމަށެވެ. އަދި ވެރިކަމުގައި ކުރައްވަން ޖެހޭ ކަންތައްތައް ކޮށް ނިންމުމަށްފަހު 05 އަހަރުގެ ދައުރު ނިމެންދެން އަތް އުރާލައިގެން ތިއްބެވި މަންޒަރު ކަމަށެވެ.

އިންތިޚާބާއި ދިމާކޮށް އޮއްސާލި ވަޒީފާގެ ފުރުސަތުތަކަށް މީހުން ގިނަ ވެގެން ގިނަ މީހުން މިހާރު ރިޕޯޓް ކުރަނީ ވައިބާރ ގްރޫޕްތަކަށް ކަމަށް ޖަމީލް ވަނީ ފާހަގަކޮށްފައެވެ.

މީގެ އިތުރުން ރާއްޖެ މިއޮތީ ނާޒުކު ހާލަތެއްގައި ކަމަށާއި، އައިއެމްއެފް އިން ލަފާދެއްވި ގޮތަށް އެއްވެސް ފިޔަވަޅެއް އަޅާ ތަނެއް އަދިވެސް ފެނިގެން ނުދާކަމަށްވެސް ޖަމީލް ފާހަގަކުރެއްވިއެވެ.

މަސްވެރިންނަށް ހަމައަށް ލާރު ނުދެވޭ ތަނުގައި، ރާއްޖެއިން ބޭރުގައި ކިޔަވަން ތިބި ދަރިވަރުންނަށް ފައިސާ ފޮނުވުންވެސް މިވަނީ ބޮޑު ތަކުލީފަކަށް ވެފައި ކަމަށް ޖަމީލް ސިފަކުރެއްވިއެވެ.

ކޮމެންޓު
Channel 13
Copyright © 2013-2026 Media Ring Pvt Ltd.
All rights reserved