March 10, 2026
Advertisement
ކޮންޓްރޯލަރ ޖެނެރަލް އޮފް އިމިގްރޭޝަން
ކޮންޓްރޯލަރ ޖެނެރަލް އޮފް އިމިގްރޭޝަން / ސޯޝަލް މީޑިއާ

ވިސާ ދެއްކިއަސް ގަވާއިދާއި ޚިލާފުވާނަމަ ފިޔަވަޅު އަޅާނަން: ޝަމްއާން

Aminath Zara
އައިމިނަތު ޒާރާ
Aug 3, 2024, 12:15 AM
މާލެ ސިޓީ

ވިސާއަށް ގަވާއިދުން ފައިސާ ދެއްކުމުން ހަމައެކަނި ނުފުދޭ ކަމަށާއި ދިވެހިރާއްޖޭގައި ހެދިފައިވާ ގާނޫނުތަކާއި ގަވާއިދުތައް މުގުރާ ބިދޭސީންނަށް ދޫކޮށްފައިވާ ހުއްދަތައް ބާތިލުކޮށް ފުރުވާލެވޭނެ ކަމަށް ކޮންޓްރޯލާ ޖެނެރަލް އޮފް އިމިގްރޭޝަން މުހައްމަދު ޝަމްއާން ވަހީދު ވިދާޅުވެއްޖެ އެވެ.

Advertisement

އިމިގްރޭޝަނުން ވަނީ މިދިޔަ ބުދަ ދުވަހުގެ ރޭ މާލޭގައި ހިންގި މާރާމާރީއަކާ ގުޅިގެން ހަ ބިދޭސީން ޑީޕޯޓުކުރުމަށް ނިންމައިފަ އެވެ. އަސްރަފީ މަގުގައި ހިންގި އެ މާރާމާރީގައި ދެ މީހަކަށް އަނިޔާވެ ފަރުވާ ދީފައިވާއިރު، ފުލުހުން ވަނީ އެކަމުގައި ބައިވެރިވި ހަ މީހަކު ހައްޔަރުކޮށް އިމިގްރޭޝަނާ ހަވާލުކޮށްފަ އެވެ. އެކަމާ ގުޅިގެން އެ އިދާރާއިން ރޭ ބުނެފައި ވަނީ އިމިގްރޭޝަން ގާނޫނުގެ ދަށުން އެ ބިދޭސީންގެ ވިސާ ބާތިލުކޮށް، ޑީޕޯޓުކުރުމަށް ނިންމާފައިވާ ކަމަށެވެ.

މިއާއި އެކު ގދ. ތިނަދޫގައި ކުރި މުޒާހަރާއެއްގައި ބައިވެރިވި ބިދޭސީން ޑީޕޯޓު ކުރުމަށް ވެސް ނިންމާފަ އެވެ.

"އެކްސް" ގައި ކުރި ޕޯސްޓެއްގައި ޝަމްއާން ވިދާޅުވީ ބިދޭސީންނަށް ދޫކޮށްފައިވާ ވިސާއަށް ހަމައަށް ފައިސާ ދެއްކުމަކީ އަދި އެ މީހާއަކީ ގަވާއިދުން އުޅޭ ފަރާތެއް ކަމުގައި ބަލައި ނިންމާލެވޭނެ ކަމެއް ނޫން ކަމަށެވެ.

ކޮމެންޓު
Channel 13
Copyright © 2013-2026 Media Ring Pvt Ltd.
All rights reserved