May 26, 2026
Advertisement
އިސްލާމް ދީނަކީ މެދުމިނުގެ ދީނެއް
އިސްލާމް ދީނަކީ މެދުމިނުގެ ދީނެއް / ސޯޝަލް މީޑިއާ

މިސްކިތްތަކާ ބެހޭ ގައުމީ މަޖިލިސް އަލުން އެކުލަވާލައިފި

Aishath Naja
އައިޝަތު ނަޖާ
Aug 3, 2024, 11:50 PM
މާލެ ސިޓީ

ކުރިން އުވާލައިފައި އޮތް މިސްކިތްތަކާއި ބެހޭ ގައުމީ މަޖިލިސް އަލުންއެކުލަވާލައި މަޖިލީހުގެ ގަވާއިދު އިއުލާނުކޮށްފި އެވެ.

Advertisement

މި މަޖިލީސް އަލުން އެކުލަވައިލުމުގެ މަގުސަދުތަކުގެ ތެރޭގައި ހިމެނެނީ މިސްކިތްތަކާއި އިމާމުންނާއި އަދި މުދިމުންނަށް ބޭނުންވާ ކަންކަމުގައި މިނިސްޓަރަށް އިސްތިޝާރީ ލަފާ އެރުވުމާއި މިސްްކިތްތަކާއި އަޅުކަމާ ގުޅުންހުރި ކަންތައްތައް ދީނީގޮތުން އެއް މިންގަނޑެއްގައި ހިފަހައްޓުމެވެ.

މިސްކިތްތަކުގެ ހާލަތު ރަގަޅަށް މެދުނުކެނޑި ދެނެގަނެވޭނެ ނިޒާމެއް ގާއިމުކުރުމަކީ ވެސް މި މަޖިލިސް އެކުލަވާލުމުގެ މަގުސަދެއް ކަމަށް އެ ގަވާއިދުގައި ވަނީ ބުނެފައެވެ.

މިސްކިތްތަކާއި ބެހޭ ގައުމީ މަޖިލިސް އެކުލަވާލަނީ އިސްލާމިކް މިނިސްޓަރެވެ. އަދި މަޖިލީހުގައި ތިއްބަވާ މެމްބަރުން ޖަވާބުދާރީވާނީ މިނިސްޓަރަށެވެ.

ގައުމީ މަޖިލީހުގެ މެންބަރުންގެ ގޮތުގައި ތިއްބަވަނީ މަސްޖިދުއްސުލްތާން މުހައްމަދު ތަކުރުފާނުލްއައުޒަމަށް ރައީސް އައްޔަނުކުރައްވާ އިސް އިމާމް، މިނިސްޓްރީގެ މޮސްކް މެނޭޖެމެންޓް ސެކްޝަނުގެ އިސްވެރިޔާ، ސިޓީތަކާއި ބެހޭ ވުޒާރާއިން ކަނޑައަޅާ ފަރާތެއް، މާލެ ސިޓީ ކައުންސިލުން ކަނޑައަޅާ ފަރާތެކެވެ.

ކޮމެންޓު
Channel 13
Copyright © 2013-2026 Media Ring Pvt Ltd.
All rights reserved