ރައީސް އަބްދުﷲ ޔާމީން އަބްދުލްގައްޔޫމް އިސްވެ ހުންނަވާ އުފެއްދި ޕީޕަލްސް ނެޝަނަލް ފްރޮންޓް (ޕީއެންއެފް) ގެ ފަރާތުން ސިލްސިލާ ގޮތެއްގައި ދަ ފްރޮންޓް އޮފީހުގައި ބާއްވާ ޖަލްސާތަކުގައި ސަރުކާރުގެ ހަގީގަތް ހާމަކުރަމުން ގެންދާތީ އަބްދުއްރަހީމް އަބްދުﷲ (އަދުރޭ) ރުޅި ގަދަވެއްޖެއެވެ.
އަދުރޭ އޭނާގެ އެކްސްގައި ކުރެއްވި ޕޯސްޓްގައި ރައީސް ޔާމީނަށް އިހުތިރާމް ކުޑަވާ ގޮތައް ވަނީ ވާހަކަ ދައްކަވާފައެވެ.
އަދުރޭ އެފަދައިން ވާހަކަދައްކާފައި އެ ވަނީ ނިމިދިޔަ ބުރާސްފަތި ދުވަހުގެ ރޭ ދަ ފްރޮންޓް އޮފީހުގައި އޮތް ޖަލްސާގައި ރައީސް ޔާމީން ސަރުކާރާ ދުރަށް ޖެހުނީ ސަރުކާރުން ގޯސްތައް ހަދަމުން ގެންދާތީ އެކަން އެމަނިކުފާނަށް ހަޖަމް ނުވާތީ ކަމަށް ވިދާޅުވެފައެވެ.
ރައީސް ޔާމީން ސަރުކާރާ ދުރަށް ޖެހިވަޑައިގެން ހަގީގަތް ހާމަކުރުމުން އަދުރޭ ވަނީ ޑިފެންސަށް ކުޅިވަޑައިގެން ޕޯސްޓްގައި ރައީސް ޔާމީނަށް ކުޑައިމީސްކޮށް ބަސް ބުނެފައެވެ.
އަދުރޭގެ މުޅި އާއިލާ އަށް ސަރުކާރުން ވަޒީފާތައް ދީގެން، އަދުރޭ ކުރައްވަން އުޅޭ ކަންކަމުގެ ވާހަކަ ފްރޮންޓް އޮފީސް ޖަލްސާތަކުގައި ވަނީ މި ފަހަކަށް އައިސް އެ ޕާޓީގެ ކަމުވޮށިގެންވާ ފަރާތްތައް ދައްކަވާފައެވެ.
އެގޮތުން އަދުރޭ އަކީ އެއްވެސް އަހުލާގެއް، ތައުލީމެއް ނެތް ފަރާތެއް ކަމަށް ވެސް ޕީއެންއެފް އިން އަންނަނީ ބުނަމުންނެވެ.
އަދި ރައީސް މުހައްމަދު މުއިއްޒުގެ ރޯލް މޮޑެލް އަކީ އަދުރޭ އޭ ބުނުމުން ގިނަ ބައެއްގެ ފާޑުކިޔުން ރައީސް މުއިއްޒަށް ވެސް ވަނީ އަމާޒުވެފައެވެ.
ރައްޔިތުން ހެއްލިދާނެކަމަށް މާމޮޅު ވާހަކަ ދައްކަވަން ނޫޅުއްވާ.ސަރުކާރާ ދުރަށްޖެހުނީ ތިމާގެ ހުރި ބޮޑާކަމާ ކިބުރުވެރިކަމެއްގެ ބޮޑުކަމުންތިމާނޫން އެހެން ބޭފުޅަކު ވެރިކަން ކުރައްވާ މަންޒަރު ބަލަން ލަގޮނޑިއަށް ކެތްނުވެގެން.ވެރިކަމުގެ ޢިއްޒަތާ ލައްޒަތަށް އޮތް ދަހިވެތިކަމަކުން.މިކަން… pic.twitter.com/NiiaYpJifp
— Abdul Raheem Abdulla (@Banafsaa) August 3, 2024