ކަރަންޓް ބިލް ބޮޑުވެގެން ރައްޔިތުން އެ ޝަކުވާ ކުރާ ކޮންމެ ފަހަރަކު ސަރުކާރުގެ ކަރަންޓް ކުންފުނި ސްޓެލްކޯ އިން އައު ވާހަކައެއް ވިހާ ކަމަށް ކުރީގެ ނައިބު ރައީސް ޑރ މުުހައްމަދު ޖަމީލް އަހުމަދު ވިދާޅުވެއްޖެެއެވެ.
ޑރ ޖަމީލް މިފަދައިން ވިދާޅުވެފައި ވަނީ ކަރަންޓް ބިލް ބޮޑުވާތީ ސްޓެލްކޯ އިން އޮޑިޓެއް ހަދަން ނިންމާފައިވާކަމަށް އިއުލާން ކުރުމާއި ގުޅިގެން އެކްސް ގައި ކުރެއްވި ޕޯސްޓެއްގައެވެ.
އެގޮތުން އެ ޕޯސްޓްގައި ޑރ ޖަމީލް ވިދާޅުވީ ކަރަންޓް ބިލް ބޮޑުކުރުމަކީ ސްޓެލްކޯ އިން ރާވާއިގެން ކުރާ ކަމެއް ކަމަށް މިއަދު އިއުތިރާފް އެވީ ހުދު ސްޓެލްކޯ ކަމަށެވެ.
ކަރަންޓް ބިލް ބޮޑުކޮށްގެން ރައްޔިތުން އަތުން އެ ނަގާ ފައިސާ އަކީ ޣައިރު ގާނޫނީ ޓެކުހެއް ކަމަށް ވެސް ޑރ ޖަމީލް ވަނީ ޕޯސްޓްގައި ވިދާޅުވެފައެވެ.
ކަރަންޓް ބިލް ބޮޑުކޮށްގެން އެ ބިލް ތަކުން ފައިސާ އެ ނަގަނީ ސަރުކާރުގެ ސިޔާސީ މަގާމްތަކަށް ހަކަތަ ފޯރުކޮށްދިނުމަށް ކަމަށް ވެސް ޑރ ޖަމީލް ފާހަގަކުރެއްވި އެވެ.
ސްޓެލްކޯ އިން ކޮންމެ މަހަކު ވެސް މާލެ އަދި ހުޅުމާލޭގެ ގޭބީސީތަކަށް ފޮނުވާ ކަރަންޓް ބިލްތައް ބޮޑު ކުރަނީ ގަސްތުގައި ރައްޔިތުންގެ ފައިސާ ހޯދުމަށްކަމަށް ބުނެ ގިނަ ފަރާތްތަކެއްގެ ނުރުހުން ވަނީ ސްޓެލްކޯއަށް އަމާޒުވެފައެވެ.