March 23, 2026
Advertisement
ރައީސް ޔާމީން ވާހަކަފުޅު ދައްކަވަނީ
ރައީސް ޔާމީން ވާހަކަފުޅު ދައްކަވަނީ / ތޭރަ އޮންލައިން

އިގްތިސޯދީ ހާލަތު ހުރި ގޮތުން ރާއްޖޭގެ މުސްތަގުބަލު ފެންނަނީ ބަނަ އަނދިރިކޮށް: ރައީސް ޔާމީން

Mariyam Isaadha
މަރިޔަމް އިސާދާ
Aug 5, 2024, 12:30 AM
މާލެ ސިޓީ

ދިވެހިރާއްޖޭގެ އިގްތިސޯދީ ހާލަތު މިހާރު އޮތް ގޮތަށް ބަލާނަމަ ރާއްޖޭގެ މުސްތަގުބަލު ފެންނަނީ ބަނަކަމާ އަނދިރިކަމެއްގެ ތެރޭގައި ވަނިކޮށްކަމަށް ރައީސް އަބްދުﷲ ޔާމީން ވިދާޅުވެއްޖެއެވެ.

Advertisement

ރައީސް ޔާމީން މިފަދައިން ވިދާޅުވީ، ހޯމަ ދުވަހުގެރޭ ދަ ފްރޮންޓު އޮފީހުގައި އޮތް ޖަލްސާގައި ވާހަކަފުޅު ދައްކަވަމުންނެވެ.

ރައީސް ޔާމީން ވިދާޅުވީ، ގައުމީ ޔޫޒަބަލް ރިޒާވް ދަށަށް ގޮސްފައިވާ މިންވަރު އެމަނިކުފާނު ހާމަކޮށްދެއްވާފައިވާނެ ކަމަށާ ޑޮލަރުގެ ދަތިކަން ހުރި މިންވަރުން ވިޔަފާރިތައް އަޑި އަޅާލައިފައިވާ ކަމަށެވެ. އެގޮތިން އެމަނިކުފާނު ގައުމީ ރިޒާވާ ގުޅިގެން ދެއްކި ވާހަކަތަކަކީ ތެދުކަން މިހާރު ނޫސްތަކުގެ ސުރުޚީތަކަށް ބަލާލުމުން ފެންނާނެ ކަމަށްވެސް ރައީސް ޔާމީން ވިދާޅުވިއެވެ.

އެމަނިކުފާނު ވިދާޅުވީ ނަމަވެސް އިގްތިސޯދީ ހާލަތުގެ ވާހަކަ ތިލަކޮށްދެނީ އެކަމުން އެމަނިކުފާނަށް ހިތްހަމަ ޖެހުމެއް ނުވަތަ އުފާފުޅެއް ލިބޭތީ ނޫން ކަމަށާ އެ ވާހަކަތައް ދައްކަނީ ހިތް ދަތި ކަމަށާ އެކު ކަމަށާ އެ ވާހަކަތައް ދެއްކަވަނީ އެކަމަށް ހައްލު ހޯދަން އެދިވަޑައިގަންނަވާތީ ކަމަށް ވެސް ރައީސް ޔާމީން ވިދާޅުވިއެވެ.

އަޅުގަޑު ކުރީރޭ ދެންނެވިން ޔޫޒަބަލް ރިޒާވް ހުރީ 18 ވަރަކަށް މިލިއަން ޑޮލަރޭ. މިހާރު ނޫސްތަކުގައި ޖަހައިފި އެއް މަސް ދުވަހުގެ ކާޑާ ތެލާ ގެންނާނެ ފައިސާ ނެތޭ. އަޅުގަޑުމެން މިވާހަކަ ދައްކަނީ އެއްވެސް ގޮތެއްގައި މިކަމުގައި އުފާވާތީކީ ނޫނޭ. ހިތްދަތި ކަމާ އެކީ ބަނަ އަނދިރި ދުވަސްތަކެއް މިހާރު މިއޮތް ކުރު މުސްތަގުބަލުގައި ރާއްޖެއަށް ފެންނަން އޮތީމަ. ގެންނަން ބޭނުންވާ ފަންނީ މީހުން ގެނެސްގެން ވިޔަސް މިކަންކަމުގެ ހައްލު ހޯއްދަވާށޭ.

ރައީސް ޔާމީން

ރައީސް ޔާމީން ވިދާޅުވީ އިގްތިސޯދުގައި ހަކަތަ ނެތް ކަމަށާ އެކަމުގެ ހެއްކަކީ މުސާރަ ދޭންވެސް ސަރުކާރުން ލޯނު ނަގަމުންދާ ދިއުން ކަމަށެވެ.

ކޮމެންޓު
Channel 13
Copyright © 2013-2026 Media Ring Pvt Ltd.
All rights reserved