March 12, 2026
Advertisement
މޯލްޑިވްސް ޕޯސްޓް ލިމިޓެޑް
މޯލްޑިވްސް ޕޯސްޓް ލިމިޓެޑް / ސޯޝަލް މީޑިއާ

ޕޯސްޓް އޮފީސް މުވައްޒަފުންނަށް މުސާރަ ނުލިބޭ!

Aishath Naja
އައިޝަތު ނަޖާ
Aug 5, 2024, 06:19 PM
މާލެ ސިޓީ

މޯލްޑިވްސް ޕޯސްޓް ލިމިޓެޑުގެ އެއްވެސް މުވައްޒަފަކަށް މިދިޔަ މަހުގެ މުސާރަ ނުލިބޭ ކަމަށް އެ ކުންފުނީގެ މުވައްޒަފުން ބުނެފިއެވެ.

Advertisement

ސަތޭކަ ޕަސެންޓު ސަރުކާރުގެ ހިއްސާ އޮންނަ ޕޯސްޓު ލިމިޓެޑުގެ މުވައްޒަފުންނަށް މުސާރަ ނުލިބި ލަސްވާއިރު ރާއްޖޭގެ އިގްތިސާދީ ހާލަތު ވަރަށް ބޮޑަށް ދަށަށް ގޮސްފައިވާ ކަމަށް ސަރުކާރުން އަންނަނީ ބުނަމުންނެވެ.

ސިޔާސީ މަގާމްތަކަށް މީހުން އައްޔަން ކުރުމުން އެ ފަރާތްތަކަށް މުސާރަ ހަމަ ޖައްސަނީ ސަރުކާރު ކުންފުނިތަކުން ލޯނު ނަގައިގެންނެވެ.

ޕޯސްޓް އޮފީހުގައި މަސައްކަތް ކުރާ މުވައްޒަފެއް ބުނި ގޮތުގައި އެތަނުގެ މުވައްޒަފުންނަށް މުސާރަ ކޮންމެ މަހެއް ވެސް ނިމުމުގެ ކުރިން ޖަމާވެއެވެ.

ނަމަވެސް މިދިޔަ މަހުގެ މުސާރަ އަދިވެސް ނުލިބޭކަމަށް އެ މުވައްޒަފު ވަނީ ބުނެފައެވެ.

އަދި މުސާރަ ލިބޭނެ ސީދާ ދުވަހެއް ވެސް ނޭނގޭ ކަމަށް އޭނާ ވަނީ ބުނެފައެވެ.

ޕޯސްޓަކީ ރާއްޖޭގައި އެންމެ ދުވަސްވީ އެއް ހިދުމަތެވެ.

ޕޯސްޓުގެ ހިދުމަތް ރާއްޖޭގައި ފެށީ 1906 ވަނަ އަހަރެވެ. އެތަން ސަރުކާރުގެ 100 ޕަސެންޓު ހިއްސާވާ ކުންފުންޏަކަށް ބަދަލު ކުރީ 1994 ވަނަ އަހަރެވެ.

ކޮމެންޓު
Channel 13
Copyright © 2013-2026 Media Ring Pvt Ltd.
All rights reserved