March 10, 2026
Advertisement
ހަނިއްޔާގެ ޖަނާޒާ ތެރެއިން
ހަނިއްޔާގެ ޖަނާޒާ ތެރެއިން / ސޯޝަލް މީޑިއާ

އިޒްރޭލް ދިފާއު ކުރަން މުސްލިމް ގައުމުތަކުގެ ކޯލިޝަންއެއް ހަދަނީ

Aminath Zara
އައިމިނަތު ޒާރާ
Aug 7, 2024, 04:42 AM
މާލެ ސިޓީ

އީރާނުގެ ހަމަލާއިން އިސްރާއީލު ދިފާއު ކުރަން މުސްލިމް ހަތް ގައުމަކުން ނުކުންނާނެ ކަމަށް އިސްރާއީލުގެ ކަން ޕަބްލިކް ބްރޯޑްކާސްޓާއިން ހާމަކޮށްފިއެވެ.

Advertisement

އިސްރާއީލު ދިފާއު ކުރާ ކޯލިޝަންގައި ހިމެނޭ މުސްލިމް ގައުމުތަކަކީ ސައުދި އަރަބިއްޔާ، ގަތަރު، މިސްރު، އުރުދުން، އެކުވެރި އަރަބި އިމާރާތް އަދި ބަހުރާން ކަމަށް މައުލޫމާތު ލިބިފައިވެެެއެވެ. މި ކޯލިޝަންގައި ހިމެނޭ ހުޅަނގު ގައުމުތަކަކީ ފްރާންސް، އެމެރިކާ އަދި އިނގިރޭސިވިލާތެވެ.

އެމެރިކާއިން ބުނީ އިސްރާއިލަށް އީރާނުން ދޭން އުޅޭ ހަމަލާއަށް އިސްރާއިލުން ވަރުގަދަ ރައްދެއް ނުދިނުމަށް އެމެރިކާއިން އިސްރާއިލަށް އަންގާފައިވާ ކަމަށެެވެ.

ނިރުބަވެރި އިސްރާއީލުގެ އަސްކަރިއްޔާއިން އީރާނުގައި ފަލަސްތީނުގެ މިނިވަން ކަމަށް މަސައްކަތް ކުރާ ހަމާސް ޖަމާއަތުގެ ލީޑަރު، އިސްމާއީލް ހާނިއްޔާ އަވަހާރަ ކޮށްލި މައްސަލައިގައި އީރާނުން އިސްރާއިލަށް ހަމަލާދޭނެ ކަމަށް ވަނީ ބުނެފަައެވެ.

އީރާނުގެ އިތުރުން، އިސްރާއީލަށް ދެން ހަމަލާތައް އަތުވެދާނެ ކަަމަށް ބެލެވެނީ ފަލަސްތީނުގެ ޣައްޒާ އިންނާއި ދެކުނު ލުބުނާނުންނާއި ސީރިއާގެ އިތުރުން ޔަމަނުގެ ހޫތީންގެ ފަރާތުންނެވެ.

ކޮމެންޓު
Channel 13
Copyright © 2013-2026 Media Ring Pvt Ltd.
All rights reserved