
އުނގެނުމާއި ތަޢުލީމާއި ދެކޮޅަށް ޕީޕަލްސް ނެޝަނަލް ކޮންގްރެސް ގެ ހަރުގޭގެ ޕޯޑިއަމްގައި ވާހަކަ ދެއްކުމުން ޕީއެންއެފްގެ ސެކެޓްރީ ޖެނެރަލް މުހައްމަދު މަލީހް ޖަމާލް ފާޑުވިދާޅުވެއްޖެއެވެ.
މަލީހް މިފަދައިން ފާޑުކިޔުން އަމާޒުކޮށްފައިވަނީ އޭނާގެ އެކްސް އެކައުންޓްގައި ކުރެއްވި ޕޯސްޓެެއްގައެވެ.
އެގޮތުން އެ ޕޯސްޓްގައި މަލީހް ވިދާޅުވީ އުނގެނުމާއި ތަޢުލީމާއި ދެކޮޅަށް ޕީއެންސީ ޕޯޑިއަމުން އަދުރޭ ވާހަކަދެއްކެވި އިރު ކުރީ ސަފުން ބާރަށް އަތްޖެހީ ލިލީ ގުދަނުން ތަޢުލީމު ހާސިލުކުރި ކުއްޖަކާ އިނގުރައިދޫ ހަރުގޭގެ ދަރިވަރަކާއި އަދުރޭގެ ދަރިފުޅު އިބްރާހިމް ފައިސަލް ކަމަށެވެ.










