March 26, 2026
Advertisement
ޔޯގާޑޭ 2022
ޔޯގާޑޭ 2022 / ތޭރަ އޮންލައިން

2022 ވަނަ އަހަރު ހިނގާދިޔަ ޔޯގާ ޑޭ އިވެންޓްއާއި ގުޅިގެން ހައްޔަރުކުރި ފަރާތްތަކުގެ އަޑުއެހުންތައް މިމަހު ފަހުކޮޅަށް ތާވަލުކުރުމާއި ގުޅިގެން އާންމުން ނުރުހުން ފާޅުކުރަން ފަށައިފި

Aminath Zara
އައިމިނަތު ޒާރާ
Aug 7, 2024, 11:41 PM
މާލެ ސިޓީ

2022 ވަނަ އަހަރު ހިނގާދިޔަ ޔޯގާ ޑޭ އިވެންޓްއާއި ގުޅިގެން ހައްޔަރުކުރި ފަރާތްތަކުގެ އަޑުއެހުންތައް މިމަހު ފަހުކޮޅަށް ތާވަލުކުރުމާއި ގުޅިގެން އާންމުން ނުރުހުން ފާޅުކުރަން ފަށައިފިއެވެ.

Advertisement

މިގޮތުން މިއީ ޕްރޮސެކިއުޓަރ ޖެނެރަލް ޝަމީމްގެ އެންގެވުމަށް ނިންމެވި ފިޔަވަޅެއް ކަމަށް ގިނަ ފަރާތްތަކުން އަންނަނީ ބުނަމުންނެވެ.

ވާނުވާ ބަންދުގައި ތިބި ފަރާތްތައް ދޫކޮށްލުމަށް އެދި އަނެއްކާވެސް މުޒާހަރާތައް ފަށާފައިވަނިކޮށް މިފަދައިން ސަރުކާރުން ނިންމެވުމުން މިއީ ސަރުކާރުން ރާވައިގެން ކުރާ ކަމެއް ކަމަށާއި، ރައީސް ޑރ މުއިއްޒު ހުންނަވަނީ ޝަމީމްގެ ދަށުވެފައި ކަމަށް މި ފަރާތްތަކުން ބުނަމުންދެއެވެ.

ޔޯގާޑޭ 2022
ޔޯގާޑޭ 2022

ވާނުވާގައި ތިބި ފަރާތްތަކުގެ މައްސަލަތައް އަވަސްކޮށް ޝަރިއަތް ހިންގުން އަވަސްކުރައްވާ މި ފަރާތްތައް ދޫކޮށްލުމަކީ ރައީސްގެ ވައުދަކަށް ވާއިރު، މިފަދައިން ބަންދުގައި ތިބި ފަރާތްތަކުގެ ޝަރީއަތް އަދިވެސް ވަކި ކޮޅެއްގައި ނުޖެހި ދަނީ ލަސްވަމުންނެވެ.

މީގެ އިތުރުން، ޕީޖީ ޝަމީމް މަގާމުގައި މިހާރުވެސް ހުރުމާއި ގުޅިގެން މީގެ ކުރިންވެސް އިދިކޮޅު ފަރާތްތަކުންނާއި ސަރުކާރަށް ތާއީދުކުރާ ފަރާތްތަކުން ހިތްހަމަނުޖެހުން ފާޅުކޮށްފައިވެއެވެ.

ކޮމެންޓު
Channel 13
Copyright © 2013-2026 Media Ring Pvt Ltd.
All rights reserved