March 23, 2026
Advertisement
ރައީސް ޔާމީން
ރައީސް ޔާމީން / ތޭރަ އޮންލައިން

ނޫ ޖަގަހައިގެ މީހުންނަށް ޕީއެންއެފް އިން ދައްކާ ވާހަކަތަކަށް ރައްދު ނުދެވޭނެ: ރައީސް ޔާމީން

Mariyam Isaadha
މަރިޔަމް އިސާދާ
Aug 9, 2024, 03:44 AM
މާލެ ސިޓީ

ޕީޕަލްސް ނެޝަނަލް ފްރޮންޓް (ޕީއެންއެފް)ގެ ޕޯޑިއަމްގައި ގައުމުގެ ހާލަތާ ގުޅޭ ގޮތުން ދައްކަމުންދާ އެއްވެސް ވާހަކައަކަށް ރައްދު ދޭން ޕިއެންސީ ޖަގަހައިގައި ވާހަކަ ދައްކާ ބޭފުޅުންނަށް ނުކެރޭނެ ކަމަށް ރައީސް އަބްދުﷲ ޔާމީން ވިދާޅުވެއްޖެއެވެ.

Advertisement

ދަ ފްރޮންޓު އޮފީހުގައި ބުރާސްފަތި ދުވަހުގެރޭ ބޭއްވި ޖަލްސާގައި ވާހަކަފުޅު ދައްކަވަމުން ރައީސް ޔާމީން ވިދާޅުވީ، ގައުމުގެ ކަންކަމާ ގުޅޭ ގޮތުން ޕިއެންެއެފުން ފެކްޓާ އެކު ދައްކަމުން ގެންދާ ވާހަކަތަކަށް ރައްދުދެވޭނެ ވަރުގެ ގާބިލު މީހުން ޕިއެންސީގެ ޕޯޑިއަމްތަކަށް ނުނެރެވޭ ކަމަށާ ހިސާބުތަކުންނާ ހެއްކިން ގައުމުގެ ހާލަތު ކިޔައިދޭން ޕީއެންސީ ޖަގަހައިގެ ޕޯޑިއަމްގައި ވާހަކަ ދައްކާ ބޭފުޅުންނަށް ނުކެރޭނެ ކަމަށެވެ.

ނޫ ޖަގަހައިގެ މީހުންނަށް ޕީއެންއެފް އިން ދައްކާ ވާހަކަތަކަށް ރައްދު ނުދެވޭނެ. ރައްދު ދޭން ބޭނުންމިއްޔާ ގަވަރުނަރު އަރުވާ ހިސާބުތަކާ އެކު. ކެރިވަޑައިނުގަންނަވާނެ.

ރައީސް ޔާމީން

ރައީސް ޔާމީން މިފަދައިން ވިދާޅުވެފައިވާއިރު މި ސަރުކާރުން ގެންދަނި މާލީ ހިސާބުތައްވެސް ރައްޔިތުންނަށް ސިއްރުކުރަމުން ކަން ފާހަގަކޮށްލެވެއެވެ.

ކޮމެންޓު
Channel 13
Copyright © 2013-2026 Media Ring Pvt Ltd.
All rights reserved