ޕީއެންސީގެ ހާރިޖީ ސިޔާސަތު ކަނޑައަޅުއްވަނީ ކުރީގެ ރައީސް މުހައްމަދު ނަޝީދު ކަމަށް ޕީއެންއެފްގެ ސެކެޓްރީ ޖެނެރަލް މުހައްމަދު މަލީހް ޖަމާލް ވިދާޅުވެއްޖެ އެވެ.
މަލީހް މިފަދައިން ވިދާޅުވެފައި ވަނީ އެކްސްގައި ކުރެއްވި ޕޯސްޓެއްގަ އެވެ.
އެގޮތުން ފެނިގެންދަނީ މި ސަރުކާރުގެ ބަލިކަށި ކަމުގެ ނާޖާއިޒު ފައިދާ ރައީސް ނަޝީދު ނަންގަވަމުން ގެންދާ މަންޒަރު ކަމަށް ވެސް މަލީހް ވިދާޅުވިއެވެ.
މަލީހް މިފަދައިން ވިދާޅުވެފައި ވާއިރު ނަޝީދު ވަނީ މި ސަރުކާރުން ކުރިން ބުނި އެތި ކެންސަލްކޮށް އިންޑިޔާއާއެކު ގުޅުން ބަދަހި ކުރާތީވެ އެކަމަށް ތައުރީފްކޮށްފައެވެ.
އެހެންކަމުން އޭގެން ދޭހަވަނީ މި ސަރުކާރުގެ ހާރިޖީ ސިޔާސަތު ނަޝީދި ކަނޑައަޅުއްވާ މަންޒަރު ކަމަށާއި ކަންކަން މިގޮތައް ކުރިޔަށްދާ ނަމަ ދެން ފެންނާނީ ދެ މީދާ ފެހި ބުޅަށް ޖެހުނު ހާލު ޖެހޭތަން ކަމަށް ވިދާޅުވެ މަލީހް ވަނީ ސަރުކާރަށް ފާޑު ވިދާޅުވެފަ އެވެ.