

ގަވާއިދާ ޚިލާފަށް އުޅޭ ބިދޭސީން ރިޕޯޓްކުރަން ތައާރަފްކުރި އޮންލައިން ޕްލެޓްފޯމް "އިމިގްރޭޝަން ވޮޗް"އަށް ތަރުހީބު ލިބެމުންދާ ކަމަށް އިމިގްރޭޝަނުން ހާމަކޮށްފި އެވެ.
އިމިގްރޭޝަނުން އެ ޕްލެޓްފޯމް ތައާރަފްކޮށްފައި ވަނީ މިދިޔަ މަހުގެ 17 ވަނަ ދުވަހު އެވެ.
އެ ޕްލެޓްފޯމް މެދުވެރިކޮށް ގަވާއިދާ ޚިލާފަށް އުޅޭ ބިދޭސީންގެ މައްސަލަތަކާއި ގަވާއިދާ ޚިލާފަށް ރާއްޖެ އެތެރެވާން މަސައްކަތް ކުރާ މީހުންގެ މައުލޫމާތުވެސް އާންމުންނަށް ރިޕޯޓްކުރެވޭނެ އެވެ.
އެޕޯޓަލް ފަރުމާ ކޮށްފައިވަނީ ކާކުކަން ނޭނގޭ ގޮތަށް ވެސް ރިޕޯޓްކުރެވޭ ގޮތަަށެވެ.
އިމިގްރޭަޝަންގެ އޮފިޝަލަކު ވިދާޅުވީ މިހާތަނަށް 277 މައްސަލަ އެ ޕޯޓަލަށް ރިޕޯޓްކޮށްފައިވާ ކަމަށެވެ.
އަދި އޭގެ ތެރެއިން 128 މައްސަލައަކަށް އެޓެންޑްވެފައިވާ ކަަމަށްވެސް އޮފިޝަލު ވިދާޅުވި އެވެ.
އަމާޒަކީ މި ފަސް އަހަރުގެ ތެރޭގައި ގަވާއިދާ ހިލާފަށް އުޅޭ 50،000 ބިދޭސީން ޑީޕޯޓްކުރުން ކަމަށް އިމިގްރޭޝަން ކޮންޓްރޯލަރު މުޙައްމަދު ޝަމްއާން ވަނީ ވިދާޅުވެފަ އެވެ.