May 2, 2026
Advertisement
މުހައްމަދު މަލީހް ޖަމާލް
މުހައްމަދު މަލީހް ޖަމާލް / ސޯޝަލް މީޑިއާ

މަލީހް ސަރުކާރަށް: ފަނޑިޔާރުގެ ކްލީން ކުރޭ

Aishath Naja
އައިޝަތު ނަޖާ
Aug 12, 2024, 02:35 PM
މާލެ ސިޓީ

އެމްޑީޕީ ސަރުކާރުގައި ސުޕްރީމް ކޯޓަށް އައްޔަންކުރި ފަނޑިޔާރުން ވަކި ކުރުމަށް ޕީއެންއެފް ގެ ސެކެޓްރީ ޖެނެރަލް މުހައްމަދު މަލީހް ޖަމާލް ގޮވާލައިފި އެވެ.

Advertisement

މަލީހް މިފަދައިން ވިދާޅުވެފައި ވަނީ އެކްސްގައި ކުރެެއްވި ޕޯސްޓެެއްގައެވެ.

އެގޮތުން މަލީހް ވިދާޅުވީ މިއަދު ރައްޔިތުންގެ މަޖިލީހުގެ މެޖޯރިޓީ އޮތީ ސަރުކާރަށް ކަމަށެވެ. އެހެން ކަމުން އެމްޑީޕީން ސުޕްރީމް ކޯޓަށް އައްޔަންކޮށްފައި ތިބި ފަނޑިޔާރުން ވަކި ކުރުމަކީ ސަރުކާރަށް އެހާ އުނދަގޫ ކަމަކަށް ނުވާނެ ކަމަށެވެ.

އެ ފަނޑިޔާރުން ވަކި ކުރުން މިހާރުވެސް ލަސްވެއްޖެ ކަމަށާއި އެ ފަނޑިޔާރުންނަކީ ފެއިލް ވެފައިވާ ފަރާތްތަކެއް ކަމަށް ވެސް މަލީހް ވިދާޅުވިއެވެ.

އޭގެއިތުރުން އެ ފަރާތްތަކުގެ ސަބަބުން ރައީސް ޔާމީންގެ އިންތިޚާބީ ހައްގުވެސް ގެއްލިފައިވާ ކަމަށް ވިދާޅުވެ މަލީހް ވަނީ ފާޑު ވިދާޅުވެފައެވެ.

ކޮމެންޓު
Channel 13
Copyright © 2013-2026 Media Ring Pvt Ltd.
All rights reserved