March 10, 2026
Advertisement
އިސްލާމިކް މިނިސްޓަރ ޑރ ޝަހީމް
އިސްލާމިކް މިނިސްޓަރ ޑރ ޝަހީމް / ސޯޝަލް މީޑިއާ

މިސްކިތްތަކުގައި ޤާރީ ކްލާސްތައް ހިންގަން އެދި 20 ރަށަކުން ހުށަހަޅައިފި

Aminath Zara
އައިމިނަތު ޒާރާ
Aug 12, 2024, 11:49 PM
މާލެ ސިޓީ

މިސްކިތްތަކުގައި ހިލޭ ޤާރީ ކްލާސްތައް ހިންގުމުގެ ހުއްދައަށް އެދުމަށް ހުޅުވާލި ފުރުސަތުގައި މިހާތަނަށް އެކަމަށް ޝައުގުވެރިކަން ފާޅުކޮށް 20 ރަށަކުން ހުޅުވާލާފައިވާކަމަށް އިސްލާމީ ކަންތައްތަކާއި ބެހޭ ވަޒީރު ޑރ.މުޙައްމަދު ޝަހީމް އަލީ ސައީދު ވިދާޅުވެއްޖެއެވެ.

Advertisement

ވަޒީރު ޝަހީމް މިކަން ހާމަކުރެއްވީ އެބޭފުޅާ އެކްސް ގައި ކުރެއްވި ޕޯސްޓެއްގައެވެ.

މުޅި ރާއްޖެއަށް އަމާޒުކޮށްގެން މިސްކިތްތަކުގައި ހިލޭ ސާބަހަށް ޤުރްއާން ކްލާސް ހިންގައިދޭން ބޭނުންވާ އިމާމުންނާއި ޤުރްއާން މުދައްރިސުންނަށް އެކަމަށް އެދި ހުށަހެޅުމުގެ ފުރުސަތު ހުޅުވާލީ މިދިޔަ ޖުލައި މަހުގެ 27 ގައެވެ.

މީގެ ކުރިން އިސްލާމީ ކަންތައްތަކާއި ބެހޭ ވަޒީރު ޑރ.މުޙައްމަދު ޝަހީމް އަލީ ސައީދު ވަނީ މިސްކިތްތަކުގައި 2 ނަމާދު ދޭތެރޭގައި ޤާރީ ކްލާސް ހިންގުމަށް އަންނަ ހަފްތާގައި ހުއްދަ ދިނުމަށް ހަމަޖެހިފައިވާކަން ހާމަކުރައްވާ، މި ކްލާސްތަކުގައި އިމާމުންނާއި ޤުރުއާން މުދައްރިސުންނަށް ހިލޭ ސާބަހަށް ޤުރުއާން ކިޔަވައިދީ ދަސްކޮށްދެވޭނެ ކަަމަށް ވިދާޅުވެފައެވެ.

މިނިސްޓަރގެ ޓްވީޓް
މިނިސްޓަރގެ ޓްވީޓް
ކޮމެންޓު
Channel 13
Copyright © 2013-2026 Media Ring Pvt Ltd.
All rights reserved