May 5, 2026
Advertisement
މެޓް އޮފީސް
މެޓް އޮފީސް / މޯލްޑިވްސް މީޓިއޮރޮލިޖިކަލް ސަރވިސަސް

ހއ އަތޮޅުން ފެށިގެން ށ އަތޮޅަށް އޮރެންޖް އެލާޓް ނެރެފި

Aminath Zara
އައިމިނަތު ޒާރާ
Aug 12, 2024, 11:49 PM
މާލެ ސިޓީ

މޫސުން ވަރަށްބޮޑަށް ގޯސްވާނެ ކަމަށް ލަފާކޮށް ށ އަތޮޅުން ފެށިގެން ހއ.އަތޮޅާ ހަމަޔަށް އޮރެންޖު އެލާޓް ނެރެފިއެވެ.

Advertisement

މޫސުމާބެހޭ ޤައުމީ އިތާރާ، މޯލްޑިވްސް މީޓިއޮލޮޖިކަލް ސެންޓަރުން ވަނީ މިރޭގެ 19:00 ޖެހުމާ ހަމަޔަށް މެދުރާއްޖެތެރެ ހިމެނޭހެން ރާއްޖޭގެ އެންމެ އުތުރަށް އޮރެންޖު އެލާޓް ނެރެފައެވެ. މެޓް އޮފީހުން ބުނީ އޮރެންޖު އެލާޓް ނެރެފައިވާ ވަގުތުތަކުގައި ގުގުރުމާއެކު ބޯކޮށް ވާރޭވެހި ފެންބޮޑުވާނޭކަމަށް ލަފާކުރެވޭ ކަމަށެވެ.

އޮރެންޖު އެލާޓްގައި އާއްމު ގޮތެއްގައި ވައިގެ ބާރުމިން ހުންނާނީ ގަޑިއަކު 36 މޭލާއި 42 މޭލާ ދެމެދުގެ ބާރުމިނެއްގައެވެ. އަދި ވިލާގަނޑުގައި ގަޑިއަކު 60 މޭލަށް ވައިގަދަވެއެވެ.

މިހާރު ކުރަމުންދާ މޫސުމީ ވިއްސާރައިގައި ރާއްޖޭގެ ބައެއް ރަށްރަށުގައި ފެންބޮޑުވެ، ވައިގަދަވުމުގެ ސަބަބުން ބައެއްކަހަލަ ގެއްލުންތައް ދަނީ ލިބެމުންނެވެ.

ކޮމެންޓު
Channel 13
Copyright © 2013-2026 Media Ring Pvt Ltd.
All rights reserved