March 1, 2026
Advertisement
މަގުމައްޗަށް ކުނި ނުނެރުމަށް ވެމްކޯއިން އިރުޝާދުދީފައިވޭ
މަގުމައްޗަށް ކުނި ނުނެރުމަށް ވެމްކޯއިން އިރުޝާދުދީފައިވޭ / ރާއްޖެއެމްވީ

ވާރޭ ވެހި ފެންބޮޑުވެފައިވާތީ، މަގުމައްޗަށް ކުނި ނުނެރުމަށް ވެމްކޯއިން އިލްތިމާސްކޮށްފި

Mariyam Isaadha
މަރިޔަމް އިސާދާ
Aug 13, 2024, 11:41 PM
މާލެ ސިޓީ

މިހާރު ކުރަމުންދާ ވިއްސާރައިގައި ފެންބޮޑުވެފައިވާތީ މަގުމައްޗަށް ކުނި ނުނެރުމަށް ވެމްކޯއިން އިލްތިމާސްކޮށްފިއެވެ.

Advertisement

ވެމްކޯއިން މިފަދައިން އިލްތިމާސްކޮށްފައިވަނީ އެ ކުންފުނިން ނެރުނު ބަޔާނެއްގައެވެ.

އެ ބަޔާނުގައި ބުނެފައިވަނީ، މިހާރު ކުރަމުންދާ ވިއްސާރައާއި ގުޅިގެން ދިމާވަމުންދާ ދަތިތަކާއެކުވެސް ވެމްކޯގެ ޚިދުމަތް މެދުނުކެނޑި ކުރިއަށް ގެންދިއުމަށް މަސައްކަތް ކުރަމުންދާ ކަމަށެވެ. އެގޮތުން މިހާލަތުގައި ގޭބީސީތަކުންނާއި ވިޔަފާރިތަކުން ކުނިނެރުމުގައި އިތުރަށް ސަމާލުވުމަށް އެކޯޕަރޭޝަނުން ވަނީ އިލްތިމާސްކޮށްފައެވެ.

މީގެ އިތުރުން ކުނި ނެގުމުގެ މަސައްކަތް އެކުންފުނިން ކުރަމުންދާއިރު، މަގުތަކަށް ކުނި ނުނެރުމަށާއި، ކުނި ނަގާ ގަޑިއަށް ސަމާލުވެ އެގަޑިތަކުގައި ފަސޭހައިން ކުނި ނެގޭނެ ގޮތަށް ކުނިތައް ބެހެއްޓުމަށްވެސް ވެމްކޯއިން އިރުޝާދު ދީފައިވެއެވެ.

ހަމައެހެންމެ އެއްވެސް ތަނަކުން ކުނި ނުނަގާ ހުރިނަމަ 1666 އަށް ގުޅައި، އެކަން އެންގުމަށްވެސް ވެމްކޯއިން އިލްތިމާސްކޮށްފައިވެއެވެ. އަދި ޓްރާންސްފާ ސްޓޭޝަންތަކުން ޚިދުމަތް ހޯދާއިރު، ރައްޔިތުންގެ ސަލާމަތާއި ރައްކާތެރިކަން ކަށަވަރު ކުރުމަށްޓަކައި ވެމްކޯގެ މުވައްޒަފުންގެ އިރުޝާދުތަކަށް ސަމާލުވުމަށްވެސް އެކުންފުނިން ވަނީ އަންގާފައެވެ.

ވެމްކޯއިން މިފަދައިން އަންގާފައިވާއިރު މިހާރު ރާއްޖެއަށް ކުރަމުންދާ ވިއްސާރައިގައި އެކި ހިސާބުތަކުގައި ފެންބޮޑުވެ ދަނީ ގެއްލުންތައް ވަމުންކަން ފާހަގަކޮށްލެވެއެވެ. އަދި ފެންބޮޑުވެ ފެތުރިދާނެ ބަލި މަޑުކަމަކަށް ތައްޔާރުވެ ތިބުމަށްވެސް ކަމާ ބެހޭ މުއްސަސާތަކުން ވަނީ އިރުޝާދުދީފައެވެ.

ކޮމެންޓު
Channel 13
Copyright © 2013-2026 Media Ring Pvt Ltd.
All rights reserved