އިލްމުވެރިންގެ މަހާސިންތާ / އިސްލާމިކް މިނިސްޓްރީ
ހަބަރު
ބޭރުގެ އިލްމުވެރިން ބައިވެރިވާ މަހާސިންތާއެއް ފަށަނީ
Aminath Zara
އައިމިނަތު ޒާރާ
14 އޯގަސްޓު 2024
މާލެ ސިޓީ

އިސްލާމިކް ކަންތައްތަކާއި ބެހޭ ވުޒާރާއިން މި އަހަރު ކުރުމަށް ހުރި މުހިއްމު ކަންތައްތަކާއު ބެހޭގޮތުން ބާއްވާ މަހާސިންތާ ފެށުމަށް ތައްޔާރުވެއްޖެއެވެ.

މި މަހާސިންތާ އޮންނާނެ ކަމަށް ވުޒާރާއިން ބުނެފައިވަނީ މި މަހުގެ 24 ވަނަ ދުވަހުގައެވެ.

މިގޮތުން ފުރަތަމަ މަހާސިންތާ އަލިއަޅުވާލާނީ އިލްމުވެރިންގެ މަހާސިންތާ ގޮތުގައި ކަމަށާއި، އަންނަ މަހު ބާއްވާނީ ޖަމިއްޔާތަކުގެ މަހާސިންތާކަމަށް ވުޒާރާއިން މައުލޫމާތު ދެއެވެ.

އިލްމުވެރިންގެ މަހާސިންތާގައި ބައިވެރިވުމަށް ބޭރުގެ އިލްމުވެރިންގެ ވަފުދެއް ބައިވެރިވާނެ ކަމަށް ވެއެވެ.

4 ބަޔަށް ބަހާލައިގެން ކުރިއަށްދާ މި މަހާސިންތާތައް ނިންމާލުން އޮންނާނީ މި އަހަރުގެ ނޮވެމްބަރު މަހުގައެވެ.

ކޮމެންޓު
Copyright © 2013-2025 Media Ring Pvt Ltd.
All rights reserved