ނިމިދިޔަ ޑިސެންބަރު މަހު ދިވެހިރާްއްޖެ އަށް އެންމެ ގިނަ މުދާ އިންޕޯޓު ކުރި ގައުމަކަށް ޗައިނާ ވެއްެޖެއެވެ
ކަސްޓަމްސް އިން އާންމު ކޮށްފައިވާ ތަފާސް ހިސާބުތަކަށް ހާމަވާ ގޮތުގައި ނިމިދޔަ ޑިސެމްބަރު މަހު ރާއްޖެ އަށް އެންމެ ގިނަ އިން މުދާ އެތެރެކޮށްފައި ވަނީ ޗައިނާ އޮމާން ސިންގަޕޫރު އިންޑިއާ އަދި ޔުނައިޓެޑް އަރަބް އެމިރޭޓްސް (ޔޫއޭއީ) އިންނެވެ.
އެގޮތުން ޗައިނާއިން 782 މިލިއަން މުދާ ވަނީ އެތެރެކޮށްފައެވެ. މީގެއިތުރުން އޮމާން އިން 768 މިލިއަން ރުފިޔާގެ މުދާ ވަނީ އެތެރެކޮށްފައެވެ. އަދި ސިންގަޕޫރުން އެތެރެކޮށްފައި ވަނީ 731 މިލިއަން ރުފިޔާގެ މުދަލެވެ. އިންޑިއާ އިން 683 މިލިއަން ރުފިޔާގެ މުދާ އަދި ޔޫއޭއީން ވަނީ 591 މިލިއަން ރުފިޔާގެ މުދާ ވަނީ އެތެރެކޮށްފައެވެ.
މީގެކުރިން ރާއްޖެ އަށް އެންމެ ގިނަ އިން މުދާ އިމްޕޯޓް ކުރާ ގައުމެއްގެ ގޮތުގައި އޮތީ އިންޑިއާއެވެ. އެހެންނަމަވެސް އިންޑިއާ މިހާރު ވަނީ ހަތަރު ވަނައަށް ވެއްޓިފައެވެ.
ރާއްޖެއިން އިމްޕޯޓުކުރި މުދަލުގެ އަގު 2022 ވަނަ އަހަރުގެ ޑިސެމްބަރުމަހާ އަޅާ ބަލާއިރު 9 އިންސައްތަ ދަށްވެފައިވާ ކަމަށް ކަސްޓަމްސް އިން ވަނީ ހާމަކޮށްފައެވެ.
ނިމިދިޔަ ޑިސެމްބަރު މަހު ރާއްޖެއަށް އިމްޕޯޓުކުރެވުނު މުދަލުގެ ސީއެފްއައިގެ އަގު 2022 ވަނަ އަހަރުގެ ޑިސެމްބަރު މަހާ އަޅާ ބަލާއިރު 9 އިންސައްތަ ދައްވެފައިވާ ކަމަށް ކަސްޓަމްސް އިން އާންމުކޮށްފައިވާ ތަފާާސް ހިސާބުތަކުން ދައްކައެވެ.
އަދި 2022 ވަނަ އަހަރުގެ ޑިސެމްބަރު މަގު ރާއްޖެއަށް 5.6 ބިލިއަން ރުފިޔާގެ މުދާ ވަނީ އިމްޕޯޓުކޮށްފަ އެވެ. އެހެންނަމަވެސް މިދިޔަ އަހަރުގެ ޑިސެމްބަރު މަހު ވަނީ 5.1 ބިލިއަން ރުފިޔާ އަށް ދަށްވެފައެވެ.
ނިމިދިޔަ ޑިސެމްބަރު މަހު ދައުލަތަށް ލިބުނު އާމްދަނީ 2022ވަނަ އަހަރުގެ ޑިސެމްބަރު މަހާ އަޅާބަލާއިރު 9 އިންސައްތަ ވަނީ ދަށްވެފައެވެ. އެގޮތުން އެމަހު 365 މިލިއަން ރުފިޔާ ދައުލަތަށް ވަނީ ލިބިފައެވެ. އެހެންނަމަވެސް މިދިޔަ ޑިސެމްބަރު މަހު މިއަދަދު ވަނީ 332 މިލިއަން ރުފިޔާއަށް އިތުރުވެފައެވެ.