theyra online
ހަބަރު
ސިޔާސީ
ވިޔަފާރި
ދުނިޔެ
ރިޕޯޓު
ވީޑިއޯ
ފޮޓޯ
Theme
Copyright © 2013-2026 Media Ring Pvt Ltd.
All rights reserved
ރަޝިއާގެ ކާސްކް ސިޓީގައި ދިރިއުޅޭ ދިވެހިން ސަމާލުވުމަށް ވަނީ އިލްތިމާސްކޮށްފައި / ސޯޝަލް މީޑިއާ
ހަބަރު
ރަޝިޔާގައި އުޅޭ ދިވެހިން ސަމާލުވުމަށް އިލްތިމާސްކޮށްފި
Mariyam Isaadha
މަރިޔަމް އިސާދާ
15 އޯގަސްޓު 2024
މާލެ ސިޓީ

ރަޝިއާގެ ކާސްކް ސަރަހައްދުގައި ދިރިއުޅޭ ދިވެހިން ސަމާލުވުމަށް އެދި ފޮރިން މިނިސްޓްރީން އިލްތިމާސްކޮށްފިއެވެ.

ފޮރިން މިނިސްޓްރީއިން މިފަދައިން އިލްތިމާސްކޮށްފައިވަނީ، ޔޫކްރެއިން-ރަޝިއާ ހަނގުރާމައިގެ ހާލަތު ގޯސްވަމުން ދާތީ އެކަމާ ގުޅޭ ގޮތުން ނެރުނު ބަޔާނެއްގައެވެ.

ފޮރިން މިނިސްޓްރީގެ އެ ބަޔާނުގައި ފާހަގަކޮށްފައިވާ ގޮތުގައި ހަނގުރާމައިގައި މި ދުވަސްވަރު ކާކްސް ސަރަހައްދަށް ނުރައްކާ އެބަ އޮތެވެ. އެހެންވެ އެ ސަރަހައްދުގައި ދިރިއުޅޭ ދިވެހީންގެ ހާލަތު ޖަރުމަނުގައި ހުންނަ ދިވެހި އެމްބަސީ މެދުވެރިކޮށް ބަލަމުންދާ ކަމަށް ފޮރިން މިނިސްޓްރީން ބުންޏެވެ.

އެ ސަރަހައްދުގައި ދިރިއުޅޭ ދިވެހީންގެ އިތުރުން އެ ސަރަހައްދަށް އެއްވެސް ކަމެއްގައި ދަތުރުކުރަން ޖެހިގެން ދަތުރުކުރާ ދިވެހިން އަމިއްލަ ސަލާމަތާއި ރައްކާތެރިކަމަށް ސަމާލުވުމަށް އެދިފައިވެ އެވެ.

މީގެ އިތުރުން އެއްވެސް އެހީތެރިކަމެއް ބޭނުންވާނަމަ، ޖަރުމަނުވިލާތުގައި ހުންނަ ދިވެހިރާއްޖޭގެ އެމްބަސީއާ ގުޅުމަށް އެދިފައިވެ އެވެ. އެގޮތުން ގުާޅނެ ފޯނު ނަމަބަރާ އީމެއިލްވެސް ހިއްސާކޮށްފައިވެއެވެ. އެއީ:

  • ފޯން: 61 164 129 17 49+

  • ހޮޓްލައިން: 60 738 200 30 49+

  • އީމެއިލް: [email protected] އެވެ.

ކޮމެންޓު
Copyright © 2013-2026 Media Ring Pvt Ltd.
All rights reserved
Zakiyya, vee kihineh?