މީރާ / އެޑިޝަން.އެމްވީ
ސިޔާސީ
ޖުލައި މަހު މުދަލު ޒަކާތުގެ ގޮތުގައި 15.5 މިލިއަން ރުފިޔާ!
Aishath Naja
އައިޝަތު ނަޖާ
17 އޯގަސްޓު 2024
މާލެ ސިޓީ

މުދަލު ޒަކާތުގެ ގޮތުގައި ޖުލައި މަހުގައި 15.5 މިލިއަން ރުފިޔާ ދައުލަތަށް ލިބިފައިވާ ކަމަށް މޯލްޑިވްސް އިންލަންޑް ރެވެނިއު އޮތޯރިޓީ (މީރާ)ގެ ތަފާސްހިސާބުތަކުން ހާމަވެއްޖެ އެެވެ.

މީރާއިން އާންމުކޮށްފައިވާ ތަފާސްހިސާބުތަކުން ދައްކާ ގޮތުން މިދިޔަ ޖުލައި މަހުގެ ނިޔަލަަށް ދައުލަތަށް މުދަލު ޒަކާތުގެ ގޮތުގައި ލިބުނު އަދަދު 2023 ވަނަ އަހަރުގެ އެ މުއްދަތާއި އަޅާބާލައިރު ދެގުނަ އިތުރުކަން ފާހަގަކޮށްލެވެ އެވެ.

މިދިޔަ އަހަރުގެ ޖުލައި މަހު މީރާއަށް ޒަކާތުގެ ގޮތުގައި ލިބުނީ 7.3 މިލިއަން ރުފިޔާއެވެ.

މި އަހަރު ލިބިފައިވަނީ 15.5 މިލިއަން ރުފިޔާއެވެ.

މީރާގެ ތަފާސްހިސާބުތަކުން ދައްކާގޮތުން މިދިޔަ އަހަރު މިހާތަނަށް މުދަލު ޒަކާތުގެ ގޮތުގައި ދައުލަތަށް 58.6 މިލިއަން ރުފިޔާ ލިބިފައިވެއެވެ.

އަދި މި އަހަރުގެ މިހާތަނަށް ޒަކާތުގެ ގޮތުގައި ލިބުނީ 66.3 މިލިއަން ރުފިޔާއެވެ. މިއީ މިދިޔަ އަހަރުގެ އެ މުއްދަތާ އަޅާބަލާއިރު 13.1 އިންސައްތަ އިތުރު އަދަދެއްކަން ވެސް ފާހަގަކޮށްލެވެ އެވެ.

ކޮމެންޓު
Copyright © 2013-2025 Media Ring Pvt Ltd.
All rights reserved