April 17, 2026
Advertisement
މަލީހް ޖަމާލް
މަލީހް ޖަމާލް / ތޭރަ އޮންލައިން

ފައިސަލް ހެދީ ދޮގެއް، އޭރު ޔޫތް މިނިސްޓްރީގައި ޕްލާސްޓިކް ގޮނޑިއެއް ނުހުންނާނެ: މަލީހް

Aishath Naja
އައިޝަތު ނަޖާ
Aug 17, 2024, 06:53 PM
މާލެ ސިޓީ

ޓޫރިޒަމް މިނިސްޓަރ އިބްރާހިމް ފައިސަލް، ކުރީގެ ޔޫތް މިނިސްޓަރ އަދި ޕީއެންއެފްގެ ސެކެޓްރީ ޖެނެރަލް މުހައްމަދު މަލީހު ޖަމާލްއަށް ކުރި ތުހުމަތުތައް ދޮގުކޮށްފިއެވެ.

Advertisement

ވަގުތު ނޫހަށް ފައިސަލް ދެއްވި އިންޓަވިއުއެއްގައި ފައިސަލް ވަނީ ފައިސަލް މިއަދު ހުންނެވި މަގާމަށް އައުމުގެ ކުރިން ކޮށްފައިވާ ވަނީ ވަރަށް ހިތި ތަޖުރިބާއެއް ކަމަށް ވިދާޅުވެ އިތުރުފުޅު ހައްދަވާފައެވެ.

ފައިިސަލް ވިދާޅުވީ، ނުވަ މަސް ވަންދެން މިނިސްޓަރ އިންނެވި ކެބިން އިން ނެރެ، މަސައްކަތް ކުރާނެ ތަނެއް ނުދީ، ޕްލާސްޓިކް ގޮނޑިއެއްގައިި ބޭންދި ކަމަށެވެ.

އަދި މަލީހު އެގޮތަށް އަމަލު ކުރެއްވި ސަބަބެއް މިއަދާ ހަމައަށް ވެސް ސާފު ނުވާ ކަމަށެވެ.

ފައިސަލްގެ މި ވާހަކައަށް ރައްދު ދެއްވަމުން މަލީހް ވިދާޅުވީ އޭރު ޔޫތު މިނިސްޓްރީގައި ޕްލާސްޓިކް ގޮނޑި ނުހުންނާނެ ކަމަށެވެ.

ފައިސަލް އިންނެވީ ފައިވް ސްޓާ ގޮނޑި އެއްގައި ކަމަށާއި ރައީސް އޮފީހުން ނޯ ޕޭ ލީވް ހޯދަވައިގެން މެލޭޝިއާ އެމްބަސީ އަށް ވަޑައިގެން ސަރުކާރުގެ ލާރީގައި ވަރަށް އަގުބޮޑު އައިނެއް ހެއްދެވި ޚަބަރު ލިބުން ކަމަަށް ވެސް މަލީހް ވިދާޅުވި އެވެ.

މަލީހްގެ ވާހަކަތަކުން ހާމަވެގެންދިޔައީ ފައިސަލް ހެއްދެވީ ދޮގެއްކަމެވެ.

ކޮމެންޓު
Channel 13
Copyright © 2013-2026 Media Ring Pvt Ltd.
All rights reserved