މިނިސްޓަރ އަލީ އިހުސާން / ސޯޝަލް މީޑިއާ
ސިޔާސީ
ބިދޭސީ މަސައްކަތްތެރިން ގެންގުޅޭ ފަރާތްތަކާ މިނިސްޓަރު ބައްދަލުކުރައްވަނީ
Aishath Naja
އައިޝަތު ނަޖާ
18 އޯގަސްޓު 2024
މާލެ ސިޓީ

ބިދޭސީ މަސައްކަތްތެރިން ގެންގުޅޭ ފަރާތްތަކަށް ހޯމްލޭންޑް ސެކިއުރިޓީ މިނިސްޓަރު، އަލީ އިހުސާން އަންގާރަ ދުވަހަށް އޮންލައިން ބައްދަލުވުމެއް ބޭއްވުމަށް ހަމަޖައްސައިފި އެވެ.

ހޯމް މިނިސްޓްރީން ރޭ ނެރުނު އިއުލާނެއްގައިވާ ގޮތުން ބިދޭސީ މަސައްކަތްތެރިން ގެންގުޅޭ ފަރާތްތަކާއި ބިދޭސީ މަސައްކަތްތެރިންގެ ހުއްދަތައް ދޫކުރުމަށް އޮންނަ "އެކްސްޕަޓް ސިސްޓަމް" ބޭނުންކުރާ އެހެން ފަރާތްތަކާ ވެސް މިނިސްޓަރު އިހުސާން ބައްދަލު ކުރުމަށް ބޭނުންވެއެވެ.

އެގޮތުން އަންގާރަ ދުވަހު ބާއްވަން ހަމަޖެހިފައިވާ އެ އޮންލައިން ބައްދަލުވުމަށް ބައިވެރިވުމަށް ދުރާލާ އޮންލައިން ފޯމެއް މެދުވެރިކޮށް ނަން ނޯޓު ކުރުމަށް ހޯމް މިނިސްޓްރީން ވަނީ އެދިފައެވެ.

އަދި އަންނަ ހޯމަ ދުވަހުގެ މެންދުރު 12:00 ގެ ކުރިން ނަން ނޯޓު ކުރުމަށް ވެސް އެ މިނިސްޓްރީން ވަނީ އިލްތިމާސްކޮށްފައެވެ.


ކޮމެންޓު
Copyright © 2013-2025 Media Ring Pvt Ltd.
All rights reserved