March 10, 2026
Advertisement
ވައިޓް އެލާޓް
ވައިޓް އެލާޓް / މޯލްޑިވްސް މީޓިއޮރޮލިޖިކަލް ސަރވިސަސް

ރާއްޖޭގެ ބޮޑު ސަރަހައްދަކަށް ހުދު ސަމާލު ނެރެފި

Aminath Zara
އައިމިނަތު ޒާރާ
Aug 20, 2024, 05:23 PM
މާލެ ސިޓީ

މޫސުމަށް ސަމާލުވުމަށް އިލްތިމާސްކޮށް ކ އަތޮޅުން އައްޑޫ ސިޓީއަށް ވައިޓް އެލާޓް ނެރެފިއެވެ.

Advertisement

ވައިޓް އެލާޓް ނެރެފައިވަނީ ހެނދުނު 6:15 އިން މެންދުރު 12:00 އަށެވެ.

މޫސުމާ ބެހޭ ގައުމީ އިދާރާއިން ބުނީ ބޯކޮށް ވާރޭވެހުމާއެކު ގުގުރުން އެކަށީގެންވާ ކަމަށެވެ. އަދި ވިލާގަނޑުގައި ގަޑިއަކު ގާތްގަނޑަކަށް 40 މޭލަށް ވައި ގަދަވާނެ ކަމަށް ލަފާކުރެވޭ ކަމަށް މޫސުމާ ބެހޭ ގައުމީ އިދާރާއިން ބުނެއެވެ.

ފާއިތުވި ހަފްތާއިން ފެށިގެން މުޅި ރާއްޖެއަށް މޫސުން ގޯސްވެ ބޯކޮށް ވާރޭވެހެމުން އަންނަކަން ފާހަގަކުރެވެއެވެ.

ކަނޑުދަތުރުފަތުރު ކުރާ ފަރާތްތައް މޫސުމަށް ސަމާލުވެ ކުރަން ޖެހޭ ދަތުރުތައް ނޫނީ ނުކުރުމަށް ކަމާއި ބެހޭ އިދާރާތަކުން އަންނަނީ އިލްތިމާސްކުރަމުންނެވެ.

ކޮމެންޓު
Channel 13
Copyright © 2013-2026 Media Ring Pvt Ltd.
All rights reserved