March 10, 2026
Advertisement
ވިއްސާރަ ދުވަހެއް
ވިއްސާރަ ދުވަހެއް / ސޯޝަލް މީޑިއާ

މާދަމާ އިން ފެށިގެން މޫސުން ރަނގަޅުވާނެ ކަމަށް ލަފާކޮށްފި

Aminath Zara
އައިމިނަތު ޒާރާ
Aug 20, 2024, 05:23 PM
މާލެ ސިޓީ

ރާއްޖޭގެ ހުރިހާ ހިސާބުތަކަށްވެސް ވިލާގަނޑުގައި އާދަޔާ ހިލާފަށް ވައިގަދަވާނެ ކަމަށާއި އެކަމަކު މާދަމާއިން ފެށިގެން މޫސުން ރަނގަޅުވާނެ ކަމަށް މޯލްޑިވްސް މީޓިރޮލޮޖިކަލް ސެންޓާ (މެޓް) އިން މިއަދު ބުނެފި އެވެ.

Advertisement

މައުލޫމާތު ލިބިފައިވާ ގޮތުގައި ރާއްޖޭގެ އެކި ހިސާބުތަކަށް މާދަމާ އިން ފެށިގެން މޫސުން ރަނގަޅުވާކަމަށް ލަފާކުރެވެއެވެ. އެހެން ނަމަވެސް ވިލާގަނޑުގައި 40 މޭލާއި 45 މޭލާ ދެމުދުގެ ބާރު މިނެއްގައި ވައި ގަދަވާނެ ކަމަށް ވެސް މެޓުން ބުންޏެވެ.

މޫސުން ގޯސްވާނެ ކަމަށް ލަފާކޮށް މެޓުން މިއަދު ވަނީ ކ. އަތޮޅުން ފެށިގެން އައްޑޫ އަތޮޅަށް ވައިޓް އެލާޓް ނެރެފަ އެވެ. އެ ސަރަހައްދަށް ބޯކޮށް ވާރޭވެހުމާއެކު ގުގުރުން އަދި ވިލާގަނޑުގައި ގަޑިއަކު 40 މޭލަށް ވައި ގަދަވާނެ ކަމަށްވެސް ލަފާކޮށްފައި ވެއެވެ.

މީގެ އިތުރުން މެޓުން ބުނީ ވައިގަދަވާ ވަގުތުގައި ކަނޑުތައްވެސް ގަދަވާނެ ކަމަށެވެ.

ރާއްޖޭގެ ސަރަހައްދުތަކަށް ވިލާ އިތުރުވާނެ ކަމަށް، މެޓް އިން ވަނީ މީގެ ކުރިން ބުނެފަ އެވެ. އަދި މެދު ރާއްޖެތެރެ އާއި އުތުރުގެ ރަށްތަކަށް ވައި މަޑުވާނެކަމަށް މެޓުން ލަފާކޮށްފައިވަނީ ހޯމަ ދުވަސް ފަހުން އެވެ. އަދި ރާއްޖޭގެ ދެކުނަށް ވައި މަޑު ވާނެކަމަށް މެޓުން ލަފާކޮށްފައިވަނީ އާދިއްތަ ދުވަހުގެ ފަހުންނެވެ.

ކޮމެންޓު
Channel 13
Copyright © 2013-2026 Media Ring Pvt Ltd.
All rights reserved