May 6, 2026
Advertisement
މުރައިދޫގެ
މުރައިދޫގެ / އަދަދު

މުރައިދޫގެ މަރާމާތު ކުރި ނަމަވެސް މަރާމާތު ނުކުރާކަމަށް ބުނެ މަޖިލީހުން ދޮގު ހަދައިފި!

Aishath Naja
އައިޝަތު ނަޖާ
Aug 20, 2024, 07:42 PM
މާލެ ސިޓީ

ރައްޔިތުން މަޖިލީހުގެ ރައީސްގެ ރަސްމީ ގެކޮޅު ކަމަށްވާ، މ. މުރައިދޫ މަރާމާތު ކުރަން މި އަހަރު އެއްވެސް ހަރަދެއް ކޮށްފައިނުވާނެ ކަމަށް ބުނެ މަޖިލީހުގެ އިދާރާއިން ދޮގުހަދައިފި އެވެ.

Advertisement

މި އަހަރު މުރައިދޫ މަރާމާތުކުރީ 20 ވަނަ މަޖިލީހުގެ ރައީސް އަބްދުއްރަހީމް އަބްދުﷲ (އަދުރޭ) އެގެޔަށް ބަދަލުވެވަޑައިގަތުމަށެވެ.

އެ މަސައްކަތަށް ގާތްގަނޑަކަށް މަހެއްހާ ދުވަސް ހޭދަވިއިރު އަދުރޭ މުރައިދޫއަށް ބަދަލުވެވަޑައިގެންނެވީ ޖުލައި 26 ގަ އެވެ.

މުރައިދޫގެ މަރާމާތައް ދިޔަ ހަރަދު ހޯދުމަށް މައުލޫމާތު ހޯދާ ލިބިގަތުމުގެ ހައްގުގެ ގާނޫނުގެ ދަށުން "އަދަދު" ނޫހުން ހުށަހެޅުމުން މަޖިލީހުން ބުނީ މުރައިދޫ މަރާމާތު ކުރަން މި އަހަރު އެ އިދާރާއިން އެއްވެސް ހަރަދެއް ކޮށްފައި ނުވާނެ ކަމަށެވެ.

ނަމަވެސް، އަދުރޭ އެ ގެއަށް ބަދަލުވެވަޑައިގަތުމުގެ ކުރިން މުރައިދޫ ވަނީ މަރާމާތުކޮށްފައިކަން އެ ގޭގެ ބޭރުން ވެސް ފާހަގަކޮށްލެވެ އެވެ.

ކޮމެންޓު
Channel 13
Copyright © 2013-2026 Media Ring Pvt Ltd.
All rights reserved