April 18, 2026
Advertisement
މިނިސްޓަރ އަލީ އިހުސާން
މިނިސްޓަރ އަލީ އިހުސާން / ސޯޝަލް މީޑިއާ

ބިދޭސީންގެ ފީތައް ބޮޑުކުރުމުގެ ވިސްނުމެއް ނެތްކަމަށް މިނިސްޓަރ އިހުސާން ވިދާޅުވެއްޖެ

Aishath Naja
އައިޝަތު ނަޖާ
Aug 20, 2024, 07:56 PM
މާލެ ސިޓީ

ވަޒީފާއާ ބެހޭ ގާނޫނު އިސްލާހުކުރިޔަސް ކޯޓާ އާއި އެހެނިހެން ފީތައް ބޮޑުނުކުރާނެ ކަމަށާއި އަދި ބޮޑުކުރުމުގެ ވިސްނުމެއް ވެސް ނެތް ކަމަށް ހޯމް މިނިސްޓަރު އަލީ އިހުސާން ވިދާޅުވެއްޖެ އެވެ.

Advertisement

އެގޮތުން މިނިސްޓަރު އިހުސާން މިފަދައިން ވިދާޅުވެފައި ވަނީ ވަޒީފާދޭ ފަރާތްތަކާއި، "އެކްސްޕެޓް ސިސްޓަމް" ބޭނުންކުރައްވާ ފަރާތްތަކާ ބައްދަލުކުރުމަށްޓަކާއި މިއަދު އިސްކަންދަރު ކޮށީގައި ބޭއްވި ބައްދަލުވުމުގައެވެ.

ހޯމް މިނިސްޓްރީން ބޭއްވި ބައްދަލުވުމުގައި ކޯޓާ ފީއާ ގުޅޭ ގޮތުން މިނިސްޓަރު ފާހަގަކުރެއްވި އަނެއް ކަމަކީ ކޯޓާ ފީ ބަލްކުކޮށް ދެއްކޭނެ ގޮތް ފަހިކޮށްދިނުމެވެ.

ކުރިން މިކަން ކުރަން ޖެހެނީ ވަކިވަކިން ވިޔަސް މިއަދުން ފެށިގެން އެއް ފަހަރާ ފައިސާ ދެއްކޭނެ އިންތިޒާމު ހަމަޖެހިފައިވާ ކަމަށް މިނިސްޓަރ އިހުސާން ވިދާޅުވި އެވެ.

ބިދޭސީން ގެންގުޅޭ ވިޔަފާރިވެރިންނާއި އާންމުނާ މިނިސްޓްރީން ބައްދަލުކުރީ ބިދޭސީ މަސައްކަތްތެރިންނާ ގުޅޭ ގޮތުން އެ މައްސަލައިގައި ހުރި ކަންބޮޑުވުންތައް އަޑުއެހުމަށެވެ.

އެ ބައްދަލުވުމުގައި ވިޔަފާރިވެރިންނާއި "އެކްސްޕެޓް ސިސްޓަމް" ބޭނުންކުރާ ގިނަ ބަޔަކު ވަނީ ބައިވެރިވެފަ އެވެ.

ކޮމެންޓު
Channel 13
Copyright © 2013-2026 Media Ring Pvt Ltd.
All rights reserved