March 10, 2026
Advertisement
އީވް ކްލިނިކް
އީވް ކްލިނިކް / ސޯޝަލް މީޑިއާ

އާސަންދަ ހިދުމަތުން އީވް ކްލިނިކު ސަސްޕެންޑްކޮށްފި

Aminath Zara
އައިމިނަތު ޒާރާ
Aug 21, 2024, 12:42 AM
މާލެ ސިޓީ

އާސަންދައިން މިހާރު ބަލަމުންދާ މައްސަލައަކާއި ގުޅިގެން އީވް ކްލިނިކުން އާސަން ދޫކުރުން ސަސްޕެންޑްކޮށްފައިވާކަމަށް އާސަންދައިން ހާމަކޮށްފި އެވެ.

Advertisement

އީވް ކްލިނިކް ސަސްޕެންޑްކޮށްފައިވަނީ ކޮން މައްސަލައަކާ ގުޅިގެން ކަމެއް އާސަންދައިން އަދި ހާމަކޮށްފައެއް ނުވެ އެވެ.

މީގެކުރިން އާސަންދައިން ވަނީ އިންޑިއާގެ މަނިޕާލް ހޮސްޕިޓަލުންވެސް އާސަންދަ ދިނުން ވަގުތީގޮތުން މެދު ކަނޑާލާފަ އެވެ. އެހޮސްޕިޓަލުން އާސަންދަ މެދުކަނޑާލީ ސިއްހީ ފަރުވާދޭ އަގުތައް ބޮޑުވެގެން ދިޔުމުން ކަމަށް އާސަންދައިން ބުނެ އެވެ.

ރާއްޖޭގައި އާސަންދައިގެ ހިދުމަތް ދޭ ސަރުކާރު ހޮސްޕިޓާތަކާއި ސިއްހީ މަރުކަޒުތަކުގެ އަދަދަކީ 193 އެވެ. އަމިއްލަ ހޮސްޕިޓާތަކާއި ކްލިނިކްތައް ހިމެނޭ ގޮތަށް 141 ތަނަކުން އާސަންދައިން ހިދުމަތް ދެއެވެ. ރާއްޖެއިން ބޭރުން އާސަންދަ ލިބޭ ތަންތަނުގެ އަދަދު  61 އަރައެވެ.

ކޮމެންޓު
Channel 13
Copyright © 2013-2026 Media Ring Pvt Ltd.
All rights reserved