March 1, 2026
Advertisement
-
- / ތޭރަ އޮންލައިން

ރައްޔިތުންނަށް އެންމެ ބޭނުންވަނީ އާސަންދަ ފަދަ ކަންކަން، ސަރުކާރުން އެކަންކަމަކާ އަޅައެއް ނުލާ: ރައީސް ޔާމީން

Mariyam Isaadha
މަރިޔަމް އިސާދާ
Jan 15, 2026, 01:52 AM
މާލެ ސިޓީ

ރައްޔިތުންނަށް އެންމެ ބޭނުންވަނީ އާސަންދަ ފަދަ ކަންކަން ނަމަވެސް އެފަްދަ ކަންކަމާ ސަރުކާރުން އަޅާ ނުލާކަމަށް ޕީއެންއެފްގެ ރައީސް، ރައީސް އަބްދުﷲ ޔާމީން ވިދާޅުވެއްޖެއެވެ.

Advertisement

ރައީސް ޔާމީން މިފަދައިން ވިދާޅުވީ ޕީއެންއެފްގެ ޓައުން ހޯލް ޖަލްސާއެއްގައި ވާހަކަފުޅު ދައްކަވަމުންނެވެ.

ރައީސް ޔާމީން ވަނީ ރައްޔިތުންނަށް ބޭނުންވާ ހަމައެކަނި އަސާސީ ކަންކަމަކީ ހަމައެކަނި ކާޑާ ތެލާ އެތެރެ ކުރުން ނޫން ކަމަށާ އެންމެ ނިކަމެތިންނަށް އުނދަގޫވާ ކަންކަމަކީ ބޭސް ނުލިބުމާ އާސަންދަ ނުލިބުން ފަދަ ކަންކަމަށް ވިދާޅުވެފައެވެ.

އެމަނިކުފާނު ވަނީ ލަންކާގައި އާސަންދަ އެމްޕަނަލް ކޮށްފައިވާ ހުރި ތަންތަނުންވެސް އެ ހިދުމަތް ނުދީ ހުއްޓާލީ ސަރުކާރުންގެ އިހުމާލުންކަން ވެސް ފާހަގަކުރައްވާފައެވެ. ރައީސް ޔާމީން ވިދާޅުވީ ނަމަވެސް ހިތާމަޔަކީ މިކަންކަމާ ކަންބޮޑުވާނެ ވެރިއެއް މި ގައުމުގައި މިއަދު ނެތުން ކަމަށެވެ.

ރައީސް ޔާމީން ވިދާޅުވީ ގައުމުގެ ކަންކަން ގޯހުންދާއިރު އެކަންކަން ހަމަ މަގަށް އަޅުވަން ތެދުވުމަކީ އެންމެންގެ ޒިންމާއެއް ކަމަށާ އެކަންކަން ސިޔާސީ މީހުންގެ އަތްމައްޗަށް ދޫކޮށްލައިގެން ނުވާނެ ކަމަށެވެ.

ކޮމެންޓު
Channel 13
Copyright © 2013-2026 Media Ring Pvt Ltd.
All rights reserved