March 10, 2026
Advertisement
ހުކުރު ޚުތުބާ
ހުކުރު ޚުތުބާ / ސޯޝަލް މީޑިއާ

ހުކުރު ދުވަހު އިސްލާމީ މަރުކަޒުގައި އިމާމުވެ ހުކުރު ނަމާދުކުރައްވާނީ މައްކާގެ ޙަރަމްފުޅުގެ ފަތުވާ ކޮމިޓީގެ މެންބަރު ޕްރޮފެސަރ ޑރ.ޙަމްދާން

Aminath Zara
އައިމިނަތު ޒާރާ
Aug 21, 2024, 04:04 PM
މާލެ ސިޓީ

23 އޯގަސްޓް 2024 ވާ ހުކުރު ދުވަހު އިސްލާމީ މަރުކަޒުގައި އިމާމުވެ ހުކުރުނަމާދުކުރައްވާނީ މައްކާގެ ޙަރަމްފުޅުގެ ފަތުވާ ކޮމިޓީގެ މެންބަރު ޕްރޮފެސަރޑރ.ޙަމްދާން އައްސުލަމީ ކަމަށް އިސްލާމިކް މިނިސްޓްރީން ހާމަކޮށްފިއެވެ.

Advertisement

ހުކުރު ދުވަހުގެ ޚުޠުބާ ދެއްވާނީ ޢަރަބި ބަހުން ކަމަށާއި ޚުޠުބާގެ ލައިވް ދިވެހިތަރުޖަމާ ޓީވީތަކުން ގެނެވޭނެ ކަމަށްވެސް އެ ވުޒާރާއިން ހާމަކޮށްފައިވެއެވެ.

އިސްލާމީ މަރުކަޒުގައި އެންމެ ފުރަތަމަ ޢަރަބި ބަހުން ޚުޠުބާއެއް ދެއްވާފައިވަނީމަރުކަޒު ހުޅުވުމުގެ ރަސްމިއްޔާތުގަ މިޞްރުގެ ޝައިޚުލްއަޒްހަރު ފަޟީލަތުއްޝައިޚުޖާދަލްޙައްޤު ޢަލީ ޖާދަލްޙައްޤުއެވެ.

މަރުކަޒު ހުޅުވުމުގެ ރަސްމިއްޔާތުގައި މައްކާގެ ޙަރަމްފުޅުގެ އިމާމު ފަޟީލަތުއްޝައިޚުސުބައްޔިލް ވެސް ބައިވެރިވެވަޑައިގެންނެވި ކަމަށް މައުލޫމާތު ހޯދިފައިވެއެވެ.

މިއަހަރު ނޮވެމްބަރު 11 އަށް އިސްލާމީ މަރުކަޒު ހުޅުވިތާ 40 އަހަރުވާނެއެވެ.އިސްލާމީ މަރުކަޒަށް 40 އަހަރު ފުރޭ މުނާސަބަތާ ގުޅިގެން ޚާއްޞަ ޙަފްލާއެއް ބާއްވަންރައީސް ޑރ މުއިއްޒުވަނީ އިރުޝާދު ދެއްވާފައެވެ.

ކޮމެންޓު
Channel 13
Copyright © 2013-2026 Media Ring Pvt Ltd.
All rights reserved