March 23, 2026
Advertisement
ރައީސް ޔާމީން ޖަލްސަގައި ވާހަކަފުޅު ދައްކަވަނީ
ރައީސް ޔާމީން ޖަލްސަގައި ވާހަކަފުޅު ދައްކަވަނީ / ތޭރަ އޮންލައިން

ޕީޕީއެމް ތެރެއިން ނުކުތީ ޖަރީމާ ހިންގާ ތަނެއްގައި ހުންނަން ބޭނުންނުވާތީ: ރައީސް ޔާމީން

Mariyam Isaadha
މަރިޔަމް އިސާދާ
Aug 21, 2024, 05:28 PM
މާލެ ސިޓީ

ޕްރޮގްރެސިވް ޕާޓީ އޮފް މޯލްޑިވްސް (ޕީޕީއެމް) ތެރެއިން ނުކުމެވަޑައިގެންނެވީ ޖަރީމާތައް ހިންގާ ތަނެއްގަިއ ނުހުންނަވަން ވެގެން ކަމަށް ރައީސް އަބްދުﷲ ޔާމީން ވިދާޅުވެއްޖެއެވެ.

Advertisement

އާދިއްތަ ދުވަހުގެ ރޭ ދަ ފްރޮންޓު އޮފީހުގައި އޮތް ޖަލްސާގައި ވާހަކަފުޅު ދައްކަވަމުން ރައީސް ޔާމީން ވަނީ އެމަނިކުފާނު ގައުމުގެ ހާލަތާ ގުޅޭ ގޮތުން ދައްކަވަމުން ގެންދަވާ ވާހަކަފުޅުތަކަށް ރައްދު ދިނުމުގެ ގޮތުން ސަރުކާރު ތަމްސީލު ކުރައްވާ ބޭފުޅުން ޒާތީވެ ހަގީގަތް އޮޅުވާލެއްވުމުން ނުފުދޭ ކަމަށް ވިދާޅުވެފައެވެ. ނަމަވެސް އެކަމުން ވެސް އެ ބޭފުޅުންނަށް ހިތްހަމަ ޖެހުމެއް ލިބޭނެ ނަމަ އެކަމެއް ކުރަންވީ ކަމަށެވެ.

އެމަނިކުފާނު ވަނީ ސަރުކާރުން މިހާރު ވެސް ގެންދަނީ ރައްޔިތުންނަށް އޮޅުވާލަމުން ކަން ފާހަގަކުރައްވާފައެވެ. އެގޮތުން މިހާރުވެސް ސަރުކާރުން ކޮރަޮޕްޝަނަށް މަގު ފަހިވާ އެތައް ކަމެއް ހިންގާކަން އެމަނިކުފާނު ފާހަގަކުރެއްވިއެވެ. އަދި ވިދާޅުވީ އެމަނިކުފާނު ޕީޕީއެމް ދޫކުރައްވާ ވަޑައިގެންނެވީ ވެސް އެފަދަ ޖަރީމާތައް ހިންގާތަނެއް ހުންނަވަން ބޭނުންފުޅު ނުވާތީ ކަމަށެވެ.

ރަށްރަށަށް ގޮސް ތިމަންނަމެން ނުލާހިކު ރަނގަޅަށް އުޅެނިކޮށް ރައީސް ޔާމީން ތިމަންނަ ދޫކޮށްލާފަ ދިއައީ އޭ އެބަ ވިދާޅުވޭ. އެހެނެއް ނޫންވީކީ. އެ ޖަރީމާ ހިންގާތާކު ހުންނަން ރައީސް ޔާމީން ބޭނުމެއް ނުވާނެ. ކޮންމެ ވާހަކައެއް ދެއްކިއަސް ހަމަ ހުސްގޮނޑި ދައްކައިގެން ވެރިކަމަށް އައި ބައެއް.

ރައީސް ޔާމީން

ރައީސް ޔާމީން ވަނީ ސަރުކާރުން ކަންކަން ހިންގާ ގޮތަށް އެމަނިކުފާނުގެ ޕާޓީއިން ފެކްޓު ދައްކާ ވާހަކަތަކަށް ފެކްޓުން ޖަވާބު ދިނުމަށް ސަރުކާރަށް ގޮވާލައްވާފައެވެ.

ކޮމެންޓު
Channel 13
Copyright © 2013-2026 Media Ring Pvt Ltd.
All rights reserved