March 10, 2026
Advertisement
ބުޅާ މަހުން ކާބޯތަކެތި ތައްޔާރުކުރާ ކަމަށް ޝައްކުކުރެވޭ އަރަފާތު
ބުޅާ މަހުން ކާބޯތަކެތި ތައްޔާރުކުރާ ކަމަށް ޝައްކުކުރެވޭ އަރަފާތު / އިމިގްރޭޝަން

ބުޅާ މަހުން ކާނާ ތައްޔާރު ކުރި ކަމަށް ބުނާ މީހާ އިމިގްރޭޝަނާ ހަވާލުކޮށްފި

Aminath Zara
އައިމިނަތު ޒާރާ
Aug 21, 2024, 05:29 PM
މާލެ ސިޓީ

މާލޭގައި ބުޅާ މަހުން ކާނާ ތައްޔާރުކޮށް ވިއްކި ކަމަށް ބުނާ މީހާ އިމިގްރޭޝަނާ ހަވާލުކޮށްފިއެވެ.

Advertisement

ބަންގްލަދޭޝްގެ އަރަފާތު ހޮސެއިން، 32، ހައްޔަރުކުރީ ހޯދަން އިއުލާނުކުރުމުން ފިލައިގެން އުޅެނިކޮށެވެ. މާލޭގައި ބޯކޮށާ ހިދުމަތްދޭ ތަނެއްގައި ހުއްޓާ އަރަފާތު ހައްޔަރުކުރީ ސިފަ ބަދަލު ކުރަންވެގެން ބޯ ބާލަން ގޮސް ހުއްޓާ ކަމަށްވެއެވެ.

ފުލުހުން ވިދާޅުވީ އަރަފާތު އިއްޔެ އިމިގްރޭޝަނާ ހަވާލުކޮށްފައިވާ ކަމަށާއި އެކަމަކު ތުހުމަތުކުރެވޭ މައްސަލައިގެ ޖިނާއީ ތަހުގީގު ކުރިއަށްދާ ކަމަށެވެ.

މި މީހާއަކީ ގަވައިދާ ހިލާފަށް ރާއްޖޭގައި އުޅެމުން އަންނަ މީހެއް ކަމަށްވެއެވެ.

ބުޅާ މަހުން ކާބޯތަކެތި ތައްޔާރުކޮށް ވިއްކާ ކަމަށް ބުނާ މީހާއާ ގުޅޭ ވީޑިއޯއެއް މީސްމީޑިއާގައި ހަލުވި ކަމާއި އެކީ ދައުރުވަމުން އަންނައިރު، އެ ވީޑިއޯގައި ބުނަނީ އެ މީހާއަކީ ބުޅާ މަހުން ކާބޯތަކެތި ތައްޔާރުކޮށްގެން ރަޖިސްޓްރީ ކުރުމެއް ނެތި ވިޔަފާރި ކުރަމުންދާ ބިދޭސީއެއް ކަމަށެވެ.

ކޮމެންޓު
Channel 13
Copyright © 2013-2026 Media Ring Pvt Ltd.
All rights reserved