ދޮން މަންމައަކު ކުޑަ އަންހެން ކުއްޖަކަށް އަނިޔާ ކުރި މައްސަަލައެއް ފެންމަތި ވެއްޖެއެވެ.
އޭނާ އެކުއްޖާއަށް އަނިޔާ ކުރާ މަންޒަރު ފެންނަ ވީޑިއޯއެއް ވެސް ދަނީ ސޯސަލް މީޑިއާގައި ދައުރު ވަމުންނެވެ.
ފުލުހުން ބުނީ މި މައްސަލަ އާއިި ގުޅިގެން ކަމާ ގުޅުން ހުރި އިދާރާތަކުން އޭރު ހެދި އެސެސްމެންޓް ރިޕޯޓްއިން ކުއްޖާ ހުރި މާހައުލަކީ ރައްކާތެރި މާހައުލެއްކަން ވަނީ އެނގިފައި ކަމަށެވެ.
އަދި މި މައްސަލައާއި ގުޅިގެން މިހާރުގެ ހާލަތު ދެނެގަތުމަށް ކަމާ ގުޅުން ހުރި އިދާރާތައް ގުޅިގެން ދަނީ މަސައްކަތް ކުރަމުން ކަމަށެވެ.
މައުލޫމާތު ލިބޭ ގޮތުުގައި މި ހާދިސާ ހިނގާފައި ވަނީ ގއ.ކޮޑޭގައެވެ.
ކުޑަ ކުދިންނަށް ރައްކާތެރި މާހައުލެއް ކަށަވަރުކުރުމާއި ގެވެށި އަނިޔާއާއި ގުޅުން ހުރި މައްސަލަތަކަކީ ފުލުހުން ސީރިއަސް މައްސަލައެއްގެ ގޮތުގައި ބަލަމުން އަންނަ މައްސަލަ ތަކެކެވެ.