March 18, 2026
Advertisement
އިޒްރޭލުން ދިން ބޮމުގެ ހަމަލާ
އިޒްރޭލުން ދިން ބޮމުގެ ހަމަލާ / އަލްޖަޒީރާ

ލުބްނާންގެ ހިޒްބުﷲ ގެ މަރުކަޒް ތަކަކަށް ސަހްޔޫނީން ބޮން އަޅައިފި

Aminath Zara
އައިމިނަތު ޒާރާ
Aug 22, 2024, 03:23 PM
މާލެ ސިޓީ

އިޒްރޭލުން ލުބުނާނުގެ އިރުމަތީ ބެކާ ވެލީގައި ހުރި ހިޒްބުﷲ ގެ ހަތިޔާރު ގުދަނަކަށް ބޮން އަޅައިފި ކަމަށް ރޮއިޓާސް އިން ބުނެފިއެވެ.

Advertisement

އަލް އަރަބިއްޔާ އިން ބުނެފައިވަނީ ހިޒްބުﷲ އަށް ނިސްބަތްވާކަމަށް ބެލެވޭ ގިނަ ހަތިޔާރު ގުދަންތަކަކަށް ހަމަލާދީފައިވާ ކަމަށާއި، އެ ހަމަލާތައް ދެކުނު ލުބްނާންގެ ހަތަރު އަވަށަކަށް އަމާޒުވެފައިވާ ކަމަށެވެ.

ހަމަލާގައި މަރުވި މީހުންގެ އަދަދު ސާފު ނުވާކަމަށް ރިޕޯޓްތައް ބުނެއެވެ.

ހޮނިހިރު ދުވަހު ވެސް އިޒްރޭލު ސިފައިން ހިޒްބުﷲ ގެ މަރުކަޒްތަކަކަށް ހަމަލާ ދިން ކަމަށް ބުނެފައިވެއެވެ. މިގޮތުން އިޒްރޭލުން ބުނެފައިވަނީ ހިޒްބުﷲ ގެ ހަނގުރާމަވެރިން ބޭނުންކުރާ ހަތިޔާރު ގުދަނަކަށް ވައިގެ ހަމަލާއެއް ދީފައިވާ ކަމަށާއި، އެ ހަމަލާގައި މަދުވެގެން 10 މީހުން މަރުވެފައިވާ ކަމަށެވެ. އޭގެ ތެރޭގައި ދެ ކުޑަކުދިން ހިމެނެއެވެ.

އިޒްރޭލުން ހޯމަ ދުވަހު މި ދިން ހަމަލާ އާ ބެހޭ ގޮތުން ހިޒްބުﷲ އިން އަދި ވަކި އެއްޗެއް ބުނެފައެއް ނުވެއެވެ.

ކޮމެންޓު
Channel 13
Copyright © 2013-2026 Media Ring Pvt Ltd.
All rights reserved