March 20, 2026
Advertisement
ރައީސް އަބްދުﷲ ޔާމީން އަބްދުލްގައްޔޫމްގެ އިސް ޤާނޫނީ ވަކީލް، ޑރ.މުހައްމަދު ޖަމީލް އަހްމަދު
ރައީސް އަބްދުﷲ ޔާމީން އަބްދުލްގައްޔޫމްގެ އިސް ޤާނޫނީ ވަކީލް، ޑރ.މުހައްމަދު ޖަމީލް އަހްމަދު / ތޭރަ އޮންލައިން

މަޖްލިސް އަމަލުކުރަނީ ދުސްތޫރީ ގޮތުން ރަނގަޅަށް، ނޭނގިގެން އުޅެނީ ސަރުކާރަށް: ޑރ.ޖަމީލް

Hanaan Naeem
ހަނާން އަހުމަދު ނަޢީމް
Jan 29, 2024, 12:01 AM
މާލެ ސިޓީ

ރައްޔިތުންގެ މަޖިލީހުން އަމަލު ކުރަމުން އެދަނީ ދުސްތޫރީ ގޮތުން ރަނގަޅަށް ކަމަށާއި، އެކަން ނޭނގިގެން އުޅޭ ބަޔަކީ މިހާރުގެ ސަރުކާރު ކަމަށް ރައީސް ޔާމީންގެ އިސް ގާނޫނީ ވަކީލް، ޑރ.މުހައްމަދު ޖަމީލް އަހުމަދު ވިދާޅުވެއްޖެއެވެ.

Advertisement

މިއަދު ސަރުކާރުގެ އިސްވެރިންތަކެއް ސަރުކާރުގެ ބައެއް ވަޒީރުންތަކަަށް ރުހުން ނުދިނުމާއި ގުޅީގެން ނުރުހުން ފާޅުކޮށް ނުކުމެ، ރައްޔިތުންގެ މަޖިލިސް ކުރިމަތީގައި އިހުތިޖާޖު ކޮށްފައިވެއެވެ.

މިކަމާއި ގުޅިގެން ރައީސް އޮފީހުގެ ސްޕެޝަލް އެޑްވައިޒަރު، އަބްދުއްރަހީމް އަބްދުﷲ (އަދުރޭ) ވިދާޅުވީ، ރުހުން ނުދިނަސް ސަރުކާރު ހުއްޓުމަކަށް ނުގެނެވޭނެ ކަމަށާއި، މި ސަރުކާރު ބާރު ސްޕީޑުގައި ކުރިއަށްދާނެ ކަމަށެވެ.

ރުހުން ނުދިނަކަށް ސަރުކާރު ހުއްޓުމަކަށް ނުގެނެވޭނެ. ފަހަރެއްގައި ހީވެދާނެ ރުހުން ނުދިނީމަ ސަރުކާރު ހުއްޓުމަކަށް ގެނެވިދާނެ އޭ. އެކަމެއް ނުކުރެވޭނެ. މި ސަރުކާރު ބާރު ސްޕީޑުގައި ކުރިއަށް ދާނެ. މުއިއްޒު ދުވެލީގައި ސަރުކާރު ކުރިއަށް ދާނެ.

ރައީސް އޮފީހުގެ ސްޕެޝަލް އެޑްވައިޒަރު އަބްދުއްރަހީމް އަބްދުﷲ (އަަދުރޭ)

އަދުރޭ މިފަދައިން ވިދާޅުވުމާއި ގުޅިގެން ރައްދުދެއްވައި ޑރ.ޖަމީލް ވިދާޅުވީ، މަޖިލީހުގައި އަމަލުކުރަމުން އެދަނީ ދުސްތޫރީ ގޮތުން ރަނގަޅަށް ކަމަށާއި، އެކަން ނޭނގިގެން އުޅެެނީ އަދުރޭމެންގެ ސަރުކާރަށް ކަމަށެވެ.

އިތުރަށް ޑރ.ޖަމީލް ވަނީ އެބޭފުޅުން ދަސްކުރަންވީ އަޚުލާގު ކަމަށާއި، އެއްވެސް ހާލަތެއްގައި މުޒާހަރާކޮށް ޤާނޫނާއި ޚިލާފު ވެގެން ނުވާނެ ކަމަށް ވިދާޅުވެފައެވެ. އަދި މިހާރު އެބޭފުޅުން އެ ތިއްބެވީ ސަރުކާރުގައި ކަމަށާއި، އަމުދުން ސަރުކާރުގެ އިސްވެރިން ވާންޖެހޭނީ ކިޔަމަންތެރި ބަޔަކަށް ކަމަށް ވިދާޅުވެފައެވެ.

އިތުރަށް އިދިކޮޅުގައި ތިބޭގޮތަށް އުޅުމަކީ ޒިއްމާދާރުކަމެއް ނޫން ކަމަށްވެސް ޑރ.ޖަމީލް ވަނީ ހަނދުމަފުޅު އާ ކޮށްދެއްވާފައެވެ.

މަޖިލިސް ބޭރުގައި ސަރުކާރުގެ އިސްވެރިން އިހުތިޖާޖު ކުރަމުންދިޔައިރު، މަޖިލިސް ތަޅުމުގެ އެތެރޭގައިވެސް އެތައް ހަމަނުޖެހުންތަކެއް ހިންގަމުން ދިޔަކަން ފާހަގަކޮށްލެވެއެވެ.

ކޮމެންޓު
Channel 13
Copyright © 2013-2026 Media Ring Pvt Ltd.
All rights reserved