March 22, 2026
Advertisement
ރައީސް ޔާމީން ޕީއެންއެފް ޖަލްސާގައި
ރައީސް ޔާމީން ޕީއެންއެފް ޖަލްސާގައި / ތޭރަ އޮންލައިން

ހެޔޮ ބަސް އަހާ ހެޔޮ ބަސް ގަބޫލުކުރާ މި ސަރުކާރުން ހަދާ އެންމެ ބޮޑު ގޯހަކީ ރައްޔިތުންނަށް ދޮގު މައުލޫމާތު ދިނުން: ރައީސް ޔާމީން

Mariyam Isaadha
މަރިޔަމް އިސާދާ
Aug 23, 2024, 02:55 AM
މާލެ ސިޓީ

ހެޔޮ ބަސް އަހާ ހެޔޮ ބަސް ގަބޫލުކުރާ މި ސަރުކާރުން ހަދާ އެންމެ ބޮޑު ގޯހަކީ ރައްޔިތުންނަށް ދޮގު މައުލޫމާތު ދީ އޮޅުވާލުން ކަމަށް ރައީސް އަބްދުﷲ ޔާމީން ވިދާޅުވެއްޖެއެވެ.

Advertisement

އެމަނިކުފާނު މިފަދައިން ވިދާޅުވެފައިވަނީ ދަ ފްރޮންޓް އޮފީހުގައި މިރޭ ބޭއްވި ޖަލްސާގައި ވާހަކަފުޅު ދައްކަވަމުންނެވެ.

ރައީސް ޔާމީން ވިދާޅުވީ، އެމްޑީއެން ފަދަ ޖަމްއިއްޔާތަކުގެ ވެރިންނާ މެދު ފިޔަވަޅު އެޅުމުގައި ފަހަތު ފަޔަށް މި ސަރުކާރުން ވެސް ބުރަވެފައިވާ ކަމަށެވެ. އެގޮތުން ދީން ހިމާޔަތްކުރާން ކަމަށް ދުއްމާރި ފުމަމުން އައި ނަމަވެސް، މީގެ ކުރިން ދީނަށް ގޮން ޖެހި އެއްވެސް މައްސަލައެއް މި ސަރުކާރުން ނުބަލާ ވެސް ރައީސް ޔާމީން ފާހަގަކުރެއްވިއެވެ.

މީގެ އިތުރުން ގައުމުގެ ކަންކަމުގައި ރައްޔިތުންނަށް އޮޅުވާލަމުންދާތީ އެކަމާ މެދުވެސް ރައީސް ޔާމީން ވަނީ ނުރުހުން ފާޅުކުރައްވާފައެވެ. އެގޮތުން ގައުމީ ރިޒާވާ ގުޅޭ ގޮތުންވެސް، ހިސާބުތައް ހާމަނުކޮށް ތިބެ ސަރުކާރުން ގެންދަނީ ރައްޔިތުންނަށް ކަންކަން ސިއްރުކުރަމުންކަމަށް ރައީސް ޔާމީން ވިދާޅުވިއެވެ.

ކޮމެންޓު
Channel 13
Copyright © 2013-2026 Media Ring Pvt Ltd.
All rights reserved