ސަހްޔޫނީން ގައްޒާގައި ހިންގަމުން ގެންދާ ގަތުލު އާންމުގެ ސަބަބުން ދިވެހި ސަރުކާރުގެ ކަންބޮޑުވުން އޮތް ނަމަ އެކަން ސަރުކާރުގެ ވެރިންގެ އަމަލުން ދެއްކެވުމަށް ރައީސް އަބްދުﷲ ޔާމީން ގޮވާލައްވައިފިއެވެ.
ރައީސް ޔާމީން މިފަދައިން ވިދާޅުވެފައިވަނީ ދަ ފްރޮންޓް އޮފީހުގައި މިރޭ ކުރިއަށްދާ ޖަލްސާގައި ވާހަަކަފުޅު ދައްކަވަމުންނެވެ.
ރައީސް ޔާމީން ވިދާޅުވީ، ސަހްޔޫނީންގެ ޕާސްޕޯޓު މަނާނުކޮށް އެތައް ދުވަހެއް ފާއިތުކުރަމުން ދާއިރު ވެސް ޣައްޒާގައި ނަސްލު ނައްތާލަން ކުރަމުންދާ މަސައްކަތާ ދެކޮޅަށް މި ސަރުކާރުން މަސައްކަތްކުރަން ބޭނުންނުވާކަން ހާމަވާ ކަމަށެވެ.
ރައީސް ޔާމީން ވަނި ސަހްޔޫނީންގެ ޕާސްޕޯޓު މަނާކުރަން ކުރަން ސަރުކާރުން ތިއްބާ މިހާރު ސަހްޔޫނީން ރާއްޖެ އަންނަ މިންވަރު އިހުނަށް ވުރެ ގިނަވެއްޖެކަން ވެސް ފާހަގަކުރައްވާފައެވެ.
ސަހްޔޫނީންނާ ވާހަކަ ދައްކައިގެން ޣައްޒާގެ ހަނގުރާމަ ހުއްޓާލަން މި ސަރުކާރުން ވާހަ ދައްކަންވީ ނޫންތޯ. ޣައްޒާގެ މައްސަލައިގައި ހެޔޮ ނިޔަތް ސަރުކާރުގައި އޮތް ނަމަ އަމަލުން އެކަން ދައްކަވާ.
ރައީސް ޔާމީން ވިދާޅުވީ މި ސަރުކާރުން ޣައްޒާގެ ފަލަސްތީނު މައްސަލައިގައި ފެނިގެން ދަނީ އެންމެ ބޮޑު ގައުމުތަކުންވެސް އަމަލުކުރަމުންދާ ގޮތަށް އަމަލުކުރަން މަސައްކަތްކުރާ މަންޒަރު ކަމަށެވެ.
ރައީސް ޔާމީން ވަނީ ސަހްޔޫނީންގެ ޕާސްޕޯޓު މަނާކުރަން އިސްނެގީ ރައީސް މުހައްމަދު މުއިއްޒު ކަމަށް ދެއްކުމަށް ކުރާ މަސައްކަތަކީ އޮޅުވާލުމެއްކަން ވެސް ފާހަގަކުރައްވާފައެވެ. އެއީ މިދިޔަ ސަރުކާރުގައި 19 ވަނަ މަޖިލީހުން އިސް ނަގައިގެން ކޮށްފައިވާކަމެއްކަން ރައީސް ޔާމީން ވަނީ ވިދާޅުވެދެއްވާފައެވެ.