May 2, 2026
Advertisement
ޑރ ޖަމީލް އަހްމަދު
ޑރ ޖަމީލް އަހްމަދު / ސޯޝަލް މީޑިއާ

އަންހެނުން ބާރުވެރި ކުރުވާނެކަމަށް ވިދާޅުވެ ދެއްކެވީ ފޮނި ވާހަކަތަކެއް، ވީ ވައުދުތަކެއް ނުހިފެހެއްޓުނު: ޑރ ޖަމީލް

Aishath Naja
އައިޝަތު ނަޖާ
Aug 25, 2024, 02:43 AM
މާލެ ސިޓީ

އަންހެނުން ބާރުވެރިކުރުވާނެ ކަމަށް ވިދާޅުވެ ވެރިކަމާ ހަވާލުވި ވެރިޔާގެ ވެރިކަމުގައި ފެންނަނީ ދެެއްކެވި ވާހަކަތަކާ މުޅީން ހިލާފް މަންޒަރުކަމަށް ކުރީގެ ނައިބު ރައީސް ޑރ މުހައްމަދު ޖަމީލް އަހުމަދު ވިދާޅުވެއްޖެ އެވެ.

Advertisement

ޑރ ޖަމީލް މިފަދައިން ވިދާޅުވެފައި ވަނީ އެކްސްގައި ކުރެެއްވި ޕޯސްޓެއްގައި އެވެ. އެގޮތުން އެމަނިކުފާނުގެ އެ ޕޯސްޓްގައި ވަނީ 3 ފަރާތެއްގެ ފޮޓޯވެސް ހިއްސާކޮށްފައެވެ. އެގޮތުން އެންމެ ފުރަތަމަ ފޮޓޯގައި ވަނީ ރައީސް މުއިއްޒުގެ ވަރަށް އަރިހުގައި މަސައްކަތް ކުރެެއްވި އަދި އެމަނިކުފާނަށް ސިހުރު ހެދި ކަމުގެ ތުހުމަތުގައި ހައްޔަރުކުރި ކުރީގެ އެންވަޔަރމެންޓް މިނިސްޓްރީގެ ސްޓޭޓް މިނިސްޓަރ ފާތިމަތު ޝަމްނާޒެވެ. ދެވަނަ ފޮޓޯގައި ވަނީ ދައުލަތުގެ މީޑިޔާ ޕީއެސްއެމްގެ އެމްޑީ ކަމުން އިސްތިއުފާ ދެއްވި ޒީނާ ޒާހިރެވެ. އަދި 3 ވަނަ ފޮޓޯ އިން ފެންނަނީ ބޭންކް އޮފް މޯލްޑިވްސްގެ ބޯޑުން ވަކި ކުރި އައިޝަތު ނޫރައްދީނެވެ.

ޑރ ޖަމީލްގެ ޕޯސްޓާ ގުޅިގެން "ތޭރަ އޮންލައިން" ގެ ފަރާތުން އެމަނިކުފާނާ ސުވާލު ކުރެއްވުމުން ވިދާޅުވީ ހަގީގަތުގައި ވެސް ރައީސް ޑރ މުހައްމަދު މުއިއްޒު ވަނީ ވައުދާ ހިލާފްވެފައި ކަމަށެވެ. އަންހެނުން ބާރުވެރި ކުރުވާނެކަމުގެ އެތައް ވާހަކައެއް ވެސް ދެއްކެވީ ހުދު އެމަނިކުފާނު ކަމަށް ވެސް ޑރ ޖަމީލް ވިދާޅުވި އެވެ. އެހެން ނަމަވެސް ވެރިކަމަަށް އައުމަށްފަހު އެހެން ކަންކަމުގައި އިހުމާލުވި ފަދައިން އަންހެނުން ބާރުވެރިކުރުމުގައި ވެސް ވަނީ ފެއިލްވެފައި ކަމަށް ވެސް ޑރ ޖަމީލް ވަނީ ވިދާޅުވެފަ އެވެ.

އިތުރަށް އެމަނިކުފާނުގެ ޕޯސްޓްގައި ވަނީ ރައީސް މުއިއްޒު ލިބޭތޯ އަންހެނުން ސިހުރު ހަދާ ކަމަށް ބުނާ ހިސާބަށް ގޮސްފައިވާއިރު، އަންހެނުންނާ މެދު މިއަދު މިވަނީ ކިހިނެތޯ ވެސް އައްސަވާ ސުވާލު އުފައްދަވާފަ އެވެ.

މިއަދު އެކަނި މި ސަރުކާރުގެ ސިޔާސީ މަގާމްތަކުގައި ތިބި ފަރާތްތަކުން ވަކި ކުރުމާއި އަދި އަމިއްލަ އަށް ވަކިވެގެން ދިޔުމާއެކު މީސްމީޑިޔާގައި އެކި އެކި ފަރާތްތަކުން އަންނަނީ ސަރުކާރާށް ފާޑުކިޔަމުންނެވެ.،

ކޮމެންޓު
Channel 13
Copyright © 2013-2026 Media Ring Pvt Ltd.
All rights reserved